ހަބަރު

ބޮލަށް ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ

Jul 29, 2017
34

ކެފޭއެއްގެ ތެރޭގައި އިންދާ ގުރޫޕަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ސަބަބުން އޭޑީކޭގައި އައިސީޔޫގައި ފަރުވާދެމުން ދިޔަ ޒުވާނާ ދާދި ދެންމެއަކު މަރުވެއްޖެ އެވެ. ވެންޓިލޭޓަރުގެ އެހީގައި ނޭވާލަމުން ދިޔަ އެ ޒުވާނާ މަރުވިކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ ކެފޭ ތެރޭގައި ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާ އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަށް ހަމަލާދީ ޒަހަމްކޮށްލީ ހެންވޭރުގައި ހުންނަ، ޓާމިނަލް ކެފޭގައި ބަޔަކާއިއެކު ކޮޕީއެއް ބޯން އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އެވެ. އޭނާގެ ބޮލަށްވެސް ވަޅިޖަހާފައިވެ އެވެ. އޭނާއަށް ހަމަލާ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އިރުއޮއްސި 6:30 އެހާކަންއިރު އެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އެ ޒުވާނާއަށް ހަމަލާ ދިނީ ހަތަރު މީހަކުވެގެނެވެ. ހަމަލާ ދިނުމަށްފަހު އެ މީހުން ވަނީ ފިލާފަ އެވެ.