ބިދަބިން ބޮޑުބެރު ގްރޫޕްގެ ބެވަރޭޖް ޕާޓްނަރަކަށް ސްނޯ އިންސްވަންޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބިދަބިންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ މެނޭޖަރު މުހައްމަދު އާސިމް އެވެ. އަދި ސްނޯ އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރީ ޗެއާމަން މުހައްމަދު ހަބީބެވެ.
އެ އެއްބަސްވުމުގެ ދަށުން ސްނޯ އިންވެސްޓްމަންޓްގެ ފަރާތުން ބިދަބިން ބޮޑުބެރު ގްރޫޕަށް އެއް އަހަރު ވަންދެން ނަމްބާ ވަންގެ ތިން އުފެއްދުން ކަމަށްވާ ޑރ. ތަންހް، ޒީރޯ ޑިގްރީ އަދި ނަމްބާ ވަން އެކްޓިވް ފޯރުކޮށްދޭނެ އެވެ. ކޮންމެ އަހަރަކު އެއް ފަހަރު އެއްބަސްވުން އާ ކުރަން ވަނީ ނިންމާފަ އެވެ.
ޑރ. ތަންހް އަކީ ސްޓްރެސް އާ ވަރުބަލިކަމުން މީހާ ދުރުކޮށްދީ މީހާ ތާޒާކޮށްލާނެ އުފެއްދުމެކެވެ. އަދި އެއީ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ފޯރުކޮށްދޭ ބުއިމެކެވެ. އެ އުފެއްދުމަކި ރާއްޖޭގެ ބާޒާރަށް މިހާތަނަށް އެތެރެކޮށްފައިވާ ބުއިންތަކުގެ ތެރެއިން ސިއްހަތަށް ފައިދާހުރި އެއް ބުއިމެވެ.
މީގެ އިތުރުން އެއީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންކުރެވޭނެ ބުއިމެކެވެ.