chattelegramwhatsappviber google-plus twitter facebook

ލައިފްސްޓައިލް

ލޯ ރަތްވެ ދުޅަވުމަކީ އާދައިގެ ކަމެއް ނޫން

ބައެއް ދުވަސް ދުވަހު ނިދާ ހޭލާއިރު ވަރަށް ބޮޑަށް ދެ ލޯ ރަތްވެ ދުޅަވާ ކަހަލަ ގޮތެއް ވެފައި ހުރެ އެވެ. އަދި ތަދުވެސްވެ އެވެ. އެހެން ނަމަވެސް އެކަން މާ ސީރިއަސް ކަމަކަށް ނުހަދަ އެވެ. ގިނަ ފަހަރަށް ޑޮކްޓަރަށްވެސް ނުދައްކަ އެވެ. ލޮލަށް އެއްޗެއް ވެއްޓުނީ ކަމަށް ހީކުރެ އެވެ. ނުވަތަ މާގިނައިން ޓީވީ، ލެޕްޓޮޕް އަދި ފޯނަށް ބަލާތީ ވާކަމެއް ކަމަށް ބަލައި އަޅާނުލަނީ އެވެ. ހައްލަކީ އެތަކެއްޗާ ދުރުވުން ކަމަށް ބަލާފަ އެވެ. ބައެއް ފަހަރަށް ހަފްތާއެއްހާ ދުވަސް ތެރޭ އަމިއްލައަށް ރަނގަޅުވެސްވެ އެވެ.

އެހެން ނަމަވެސް ސިއްހީ މާހިރުން ބުނަނީ އެއަލަމާތްތަކަކީ ލޮލަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޯނިއާގެ އަލާމަތްތައް ކަމަށެވެ. އަދި އެ ބައްޔަކީ ސާފު ތާހިރުކަން ކުޑަވުމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށެވެ. އެގޮތުން އަތް ހަޑިވެފައި ހުއްޓާ ލޮލުގައި އަތް ލެވުމާއި، އަތް ފޮހޭ ތުވާލި އަދި މޭކަޕް ސާމާނު އެހެން މީހުންނާ ހިއްސާކުރުމުން ޖަރާސީމްު އުފެދި ކޯނިއާގެ ވައިރަސް އުފެދެން މަގުފަހިވެ އެވެ. އަދި އެ ވައިރަސް ފެތުރެން މަގުފަހިވެ އެވެ. ކޯނިއާ ވައިރަސް އަކީ ސްވިމިން ޕޫލު މެދުވެރިކޮށްވެސް ފެތުރޭ ވައިރަސް އެކެވެ. އެގޮތުން އެ ވައިރަސް ލޮލުގައި ހުރި މީހަކު އެރޭ ޕޫލަށް އެހެން މީހުން އެރުމުން އެ ވައިރަސްގެ އަސަރު ކުރެ އެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ އާންމުކޮށް ކޯނިއާ ފެތުރެނީ ދެ މޫސުން ބަދަލުވާ ދުވަސްވަރު ކަމަށެވެ.

"ކޯނިއާގެ ވައިރަސްގެ ސަބަބުން އުފެދޭ ބެކްޓީރިއާގެ އަސަރު ކުުރުމުން ލޮލުގައި ގަދަޔަށް މަޑުލާނެ. އަދި ލޮލުން ފެން އައިސް ލޮލުގައި ގަދަ ރިހުމެއް އުފެދޭ. މިއީ އާދައިގެ ގޮތަކަށް ދޫކޮށްލާވަރުގެ ކަމެއް ނޫން،" އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުގެ ލޮލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އުމާ މާލިއާ ވިދާޅުވެފައިވެ އެވެ.

އެންމެ އެކަށީގެންވާ ފަރުވަ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުން ފުސްވެދާނެ ކަމަށްވެ އެވެ. އަދި ގަދަ އަލިތަކުގެ ސަބަބުން އުނދަގޫވެ ލޮލަށް އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. ޑޮކްޓަރުން ވިދާޅުވަނީ އެ އަލާމާތްތައް ފެންނަތާ ހަފްތާއެއްގެ ތެރޭގައި ރަނގަޅު ނުވެއްޖެނަމަ ކޮންމެހެންވެސް ޑޮކްޓަރަށް ދައްކަން ވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ހުސެން

    ތިޔަ ކިޔާ އެއްޗެއް ކަމަކު ނުދޭ. އަހަންނަކީ ޓްވިންސެއް. ދޭތެރެއަކުން މަށާ ޓްވިންސާ ދެ މީހުންގެ ލޮލަށް ތިޔަބުނާ ޒާތުގެ ގޮތް ގަނޑެއް ވޭ. ތިބުނާ ކަހަ މުޑުދާރުކޮށް އުޅެ ބަޔެއް ނޫން އަހަރުމެންނަކީ. ލޯ ރަތްވެ ދުޅަވެ ހިރުވާ ވަރުން ލޮލުން އަތްނަގާނެ ވަގުތެއް ނުވޭ އެހެން ދިމާވާ އިރެއްގަ. އަނެއްކާ ދެ މީހުން 2 ރަށެއްގަ ތިއްބަސް މިކަން މި ދިމާވަނީ 2 މީހުނަށް އެކީގަ. އަޖައިބެއް މީ.. ޑޮކްޓަރަކަށް ދެއްކިޔަސް ވާ ކަމެއް ނެތް.

    19
    4
    CLOSE

ފަހުގެ ޚަބަރު