ދުނިޔެ

ގުއާމްް އަށް ދޭ ހަމަލާގެ ތަފުސީލްތައް އުތުރުކޮރެއާއިން ހާމަކޮށްފި

ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ ޖަޒީޒާއެއް ކަމަށްވާ ގުއާމްއަށް ދޭނެ ކަމަށް އުތުރުކޮރެއާއިން ބުނެފައިވާ ހަމަލާ ދޭނެ ގޮތުގެ ތަފުސީލު އެގައުމުން ހާމަކޮށްފި އެވެ.

އުތުރުކޮރެއާ ދައުލަތުގެ މީޑިއާ ކޭސީއެންއޭއާ ހަވާލާދީ ބީބީސީ އިން ބުނީ އެގައުމުން ޕްލޭންކޮށްފައި ވަނީ ގުއާމްއާ 17 މޭލު ދުރަށް ކަނޑުގެ ސަރަހައްދަށް ހްވާސޯންގް 12 މަރުކާގެ ރޮކެޓްތަކެއް ފޮނުވައިލަން ކަަމަށެވެ. އަދި ބުނެފައި ވަނީ އެގައުމުގެ ލީޑަރު ކިމް ޖޮން އެކަމަށް ހުއްދަ ދެއްވައިފި ނަމަ މިހިނގާ އޮގަސްޓްމަހުގެ ތެރޭގައި އެކަން އެގޮތަށް ކުރާނެ ކަމަށެވެ. ކޭސީއެންއޭ އިން ބުނެފައި ވަނީ ރޮކެޓްތައް ދަތުރުކުރާނީ ޖަޕާނުގެ ޝިމާނީ އާއި ހިރޮޝީމާއާއި ކޮއިޗީ ޕްރިފެކްޗާ މަތިން ކަމަށެވެ.

ގުއާމް އަކީ 163000 އާބާދީއެއް އޮންނަ ތަނެކެވެ. އެތަނުގައި އެމެރިކާ ސިފައިންގެ މަރުކަަޒުތަކެއް އޮވެ އެވެ. ގުއާމްއަށް ހަމަލާދޭނެ ކަަމަށް އުތުރުކޮރެއާއިން ބުނުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ އެގައުމަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެެވެ. އޭނާ ވިދާޅުވެފައި ވަނީ އެފަދަ ކަމަކަށް އެެމެރިކާއިން ޖަވާބުދޭނީ އަލިފާނުން ކަމަށެވެ.