ލައިފްސްޓައިލް

ކޭކު ފެޅުމުގެ ކުރިން ފުމެގެން އުއްބައްތި ނުނިއްވާ

Aug 11, 2017
4

ކޮންމެ މުނާސަބަތަކާއި ގުޅިގެން ކޭކު ފެޅުމަކީ މިފަހަކަށް އައިސް އާންމުވެފައިވާ ކަމެކެވެ. ހާއްސަކޮށް އުފަންދުވަހު އެވެ. ރައްޓެހިންނާއި އާއިލާގެ ފަރާތުން ކޭކެއް ފަޅާލާ ހާއްސަ ކަމެއް ނޯންނަ އުފަންދުވަހެއް މަދެވެ. އުފަން ދުވަހު ކޭކު ފަޅާއިރު ސިއްހަތަށް ގެއްލުންހުރި ކަމެއް އާންމުކޮށް ކުރެ އެވެ. ކޭކުގައި ގިނަ އަދަކަކަށް ހަކުރު ހުރުމެއް ނޫނެވެ. ކޭކު ފަޅާއިރު އެއަށް ޖަހާފައި ހުންނަ އުއްބަތިތަކަށް ފުމެލާފައި ނިއްވާލުމެވެ.

ދާދިފަހުން އެމެރިކާގެ ކްލެމެންސަން ޔުނިވާސިޓީގެ ސައިންސްވެރިންތަކެއް ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި އުއްބައްތިތައް ނިއްވާލަން ފުމެލާއިރު 1،400 ޕަސަންޓު ބެކްޓީރިއާ ބޭރުވެ ކޭކުގައި ހަރުލަ އެވެ. އެންމެ ގިނަ ބެކްޓީރިއާ ހަރުލަނީ ކޭކުގައި އޮންނަ އައިސިންގެ ފަށަލައިގަ އެވެ.

އުއްބައްތި ނިއްވާލަން ފުމެލާ ވަގުތު ކޭކުގައި ހަރުލާ ބެކްޓީރިއާގެ އަދަދު އެހާ ގިނަވުމުން އެކަން ވީ ސައިންސްވެރިންވެސް ހައިރާން ކުރުވަނިވި ކަމަކަށެވެ.

ކޭކުގައި އުއްބައްތި ހަރުކޮށް އެއަށް ފުމެާލާފައި ނިއްވާލުމަކީ ވަރަށް ކުރިން ފެށިގެން ކުރަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް އެއިން ގިނަ ބެކްޓީރިއާ އަކީ ހަށިގަނޑަށް މާބޮޑު ގެއްލުންތަކެއް ލިބޭ ބެކްޓިރިއާ އެއް ނޫނެވެ. އެމީހާ އަކީ ސިއްހަތު ރަނގަޅު މީހެއްނަމަ އެ ކޭކު ކެއުން އެންމެ ރަނގަޅުވާނެ ކަމަށްވެސް ވެ އެވެ. އެހެން ނަމަވެސް އެކަމަކީ އާންމު ކަމަކަށްވެއްޖެ ނަމަ ބަލިތައް ފެތުރެން މަގުފަހިވާ ކަމެކެވެ.