ވިޔަފާރި

އެއާއޭޝިޔާއިން ރާއްޖެ-ބެންކޮކް ދަތުރުތައް ފަށައިފި

އޭޝިޔާގެ މަޝްހޫރު ބަޖެޓް އެއާލައިން، އެއާއޭޝިޔާގެ، ތައި އެއާއޭޝިޔާއިން ރާއްޖެ އާއި ބެންގްކޮކާ ދެމެދު ފްލައިޓްތައް ފަށައިފި އެވެ.

ބެންގްކޮކްގެ ދޮންމޫ އެއާޕޯޓް އިން ރާއްޖެއަށް އައި އެއާއޭޝިޔާގެ ފުރަތަމަ ފްލައިޓް މިއަދު މެންދުރު 11:30 ގައި ފަހު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފަ އެވެ. އެ ފްލައިޓުން 170 ފަސިންޖަރުން އައިސްފައިވެ އެވެ. އެ އެއާލައިނަށް އެއާޕޯޓުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެއާއޭޝިޔާ އިން މިހާރު ވެސް އަންނަނީ ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ސީދާ ދަތުރުތައް ކުރަމުން އެވެ.

ކޮންމެ ދުވަހަކު ރާއްޖެ އާއި ބެންކޮކާ ދެމެދު އެއާއޭޝިޔާގެ ފްލައިޓެއް އޮންނާނެ އެވެ. ޓިކެޓުގެ އަގު 99 ޑޮލަރަށް ދަށްކޮށް ހާއްސަ ޕްރޮމޯޝަނަކާއެކު މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ވަނީ އެ ދަތުރުތައް އިއުލާންކޮށްފަ އެވެ.

ތައިލެންޑުގެ ބެންކޮކަކީ ގިނަ އަދަދަކަށް ދިވެހިން ދަތުރު ކުރާ މަންޒިލެކެވެ. އެގޮތުން މިދިޔަ އަހަރު ވެސް 16451 ފަތުރުވެރިން އެ ގައުމަށް ދިޔަ އިރު އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާފައި 3.4 ޕަސަންޓު އިތުރު އަދަދެކެވެ.