އެއާ އޭޝިއާ

އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Dec 23, 2021

ތައިލެންޑުން ރާއްޖެއަށް ތައި އެއާ އޭޝިއާގެ ސީދާ ދަތުރުތައް ފަަށައިފި އެވެ.

މޯލްޑިވިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އެއާވޭސް ރާއްޖެއަށް އައުމުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މި ފްލައިޓް ރާއްޖެ އަށް އައިސްފައިވަނީ ތައިލެންޑުގެ ބެންކޮކުންނެވެ.

އިނގިރޭސި ކްލަބް ލެސްސްޓާ ސިޓީގެ އިސްތިހާރު ޖަހާފައިވާ، ތައިލެންޑުގައި ބޭސް ވެގެން އުދުހުތައް ބާއްވާ ތައި އެއާވޭސްގެ މި ދަތުރުތަކާއެކު މެދުފަންތީގެ މާކެޓުތަކަށް ހާއްސަކޮށް ގެސްޓްހައުސް ޓޫރިޒަމަށް ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ތައިލެންޑުގެ ޑަންމުއާން އިންޓަނޭޝާނަލް އެއާޕޯޓުން ރާއްޖެ އަށް ފެށި މި ދަތުރުތަކުގައި ހަފުތާއަކު ދެ ފްލައިޓް އޮންނާނެ އެވެ. މި ފްލައިޓްތައް އޮންނާނީ ބުދަ ދުވަހާއި ހޮނިހިރު ދުވަހު އެވެ.

އެއާ އޭޝިއާއަކީ މެދުފަންތީގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ގިނަ އަދަދެއްގެ މީހުން އަންނަ އެއާލައިން އެކެވެ. މި އެއާލައިން އަކީ ދިވެހިންގެ ގިނަ ބަޔަކު ވެސް ދަތުރު ކުރަން ބޭނުން ކުރާ އެއާލައިން އެކެވެ.