އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ހަތްވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހޯސްޓްކުރާ މި ކޮންގްރެސް އޮންނާނީ ޖުލައި ނުވަ ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގަ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ 200 އަށްވުރެ ގިނަ ބޭފުޅުން މި ކޮންފަރެންސްގައި ބައިވެރިވާނެ އެވެ.
މީގެ ތެރޭގައި އެއާލައިންތަކާއި ޓޫރިޒަމް ބޯޑުގެ އިތުރުން އޭވިއޭޝަން އޮތޯރިޓީތަކާއި އޭވިއޭޝަން ސަޕްލަޔަރުން ހިމެނެ އެވެ.
މި ޕާޓްނާޝިޕް އާއި ގުޅޭ ގޮތުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވަނީ ކޮންގްރެސްއަށް ދިރާގުން ހައި-ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދޭތީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ދިރާގުން އަބަދުވެސް ދަނީ މިފަދަ ހަރަކާތްތަކަށް އެއްބާރުލުންދެމުންނެވެ.