ގދ. ތިނަދޫގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދައި ގްރީން ސްޓްރީޓް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މިރޭގެ މޮޅާއެކު ގްރީން އޮތީ ކުޅުނު ދެމެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.
މި މެޗުގައި ގްރީންގެ ލާނދުތަށް ކާމިޔާބުކޮށްދިނީ ސޮބޮލް އިލިއާ އަދި ޝާފިއު އަހްމަދު އެވެ. ތިނަދޫގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް އަވިލާ އެވެ.
މިމެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ 36 ވަނަ މިނިޓުގައި ގްރީން ސްޓްރީޓްގެ މިޑްފިލްޑަރު ސޮބޮލް އިލިއާގެ ފަރާތުންނެވެ. ތިނަދޫގެ އޭރިޔާތެރެއިން ކުޅުންތެރިޔެއް ކަޓުވާލުމަށްފަހު ގޯލްގެ ތެރެޔަށް ބޯޅަ ފޮނުވާލައިގެން އިލިއާ ގްރީންއަށް ލީޑު ހޯދައި ދިނެވެ. ފުރަތަމަ ހާފްގައި ބޯޅަ ހިފަހައްޓައިގެން ގިނައިރު ގްރީން ކުޅުނު ނަމަވެސް ތިނަދޫއިން ވަނީ ކައުންޓާ އެޓޭކުގައި ނުރައްކާ ކޮށްފައެވެ.
ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ތިނަދޫއިން މަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު މެޗުގެ 46 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ހެނާންޑޭޒް އަވީލިއާއެވެ. އޭރިޔާ ބޭރުން އަވިލިއާ ކުރިޔައައް ފޮނުވާލި ބޯޅި އަމާޒުވީ ގޯލްގެ ދުރު ތިރީ ކަނާއެވެ. ގޯލަށްފަހު ތިނަދޫއިން ރަނގަށް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދިއެވެ. ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ގްރޯން މޮޅުކޮށްދިން ގޯލް ކާމިޔާބުކޮށްދިނީ ޝާފިއު އެވެ. މަތިމަތިން އައި ބޯޅައެއް ތިނަދޫ ކީޕަރު ދުފާއު ކުރަން އުޅުމުގެ ތެރޭގައި ބޯޅަ އޭރިޔާ ތެރެޔަށް ވެއްޓުމާއެކު ޝާފީ އެބޯޅަ ގޯލްގެ ތެރެޔަށް ފޮމުވާލިއެވެ.
މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ތިނަދޫގެ ކޯޗު މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އަދި ޕްރެކްޓިސްގައި ދަނޑު ދޫކުރުމުގައި ތަފާތު ގެންގުޅޭކަމަށް ބުނެ ތިނަދޫ ކޯޗު ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި އޭނާގެ ކުޅުންތެރިންނާއި ތިނަދޫއަށް އިހްތިރާމު ކުރުމަށް ތަކުރާރުކޮށް ބުނުމަށްފަހު ރުޅިގަދަ ވެފައިނހުރި ތިނަދޫގެ ސްޕެއިން ކޯޗު ހުއާން މެނުއަލް ވަނީ ޕްރެސް ދޫކޮށްލާފައެވެ.
ގްރީންގެ ކޯޗު ސޮބާ ބުނެފައި ވަނީ މެޗުން ތިން ޕޮއންޓު ލިބުމުން އުފާވާކަމަށާއި އެއީ އޭނާގެ ޓާގެޓް ކަމަށެވެ. އަދި ތިނަދޫގައި ތިބި އީގަލްސްގެ ގިނަ ކުޅުންތެރިން މިމެޗު ކުޅުނީ ފައިނަލެއްގެ ގޮތުގައި ކަމަށާއި ތިނާދޫގެ އީގަލްސް ކުޅުންތެރިން ނިކުތީ ބަދަލު ހިފިމިގެ ރޫހުގައި ކަމަށެވެ.
އުރީދޫ ދިވެހި ލީގުގައި މާދަމާ ހަވީރު ވާދަ ކުރާ މެޗުގައި ކުޅޭނީ މާޒިޔާއާއި ނިއު ރޭޑިއަންޓެވެ.