ހަބަރު

ވިހަ ބިހުގެ މައްސަލަ މިދަނީ ގާތުން ބަލަމުން: އެމްއެފްޑީއޭ

ޔޫރަޕްގެ ގައުމުތަކުން ވިހަ ބިސްތަކެއް ފެނިފައިވާތީ ރާއްޖެ އެތެރެ ކުރާ ބިހުގައި އެފަދަ ކަމެއް ނެތްކަން ކަށަވަރު ކުރުމަށް އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ޔޫރަޕްގެ ބައެއް ގައުމުތަކުން ވިހަ ބިސްތަކެއް ފެނިފައިވާ ކަމަށާއި އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އެގޮތުން ރާއްޖެ އެތެރެ ކުރާ ބިސްތައް އިތުރަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް . ވެސް އެ އިދާރާއިން ބުންޏެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ވިއްކާ ބިހުން ވަނީ ފިޕްރޮނިލް ގެ އަސަރު ފެނިފަ އެވެ. އެ ހުރިހާ ބިހެއް މިހާރު ވަނީ އަނބުރާ ގެނެސްފައި ކަމަށާއި ފިޕްރޮއިލް ބޭނުން ކުރި ބެލްޖިއަމްގެ ކުންފުނިތައް ބަންދު ކޮށްފައިވާ ކަމަށެވެ. ކާބޯތަކެތީގައި ޕިޕްރޮނިލް ހިމެނުމަކީ ޔޫރަޕްގެ ގާނޫނާއި ހިލާފް ކަމެކެވެ.

ފިޕްރޮނިލް ހުރި ބިސް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ރުމޭނިއާ އާއި ޖަރުމަނާއި ބެލްޖިއަމް އިތުރުން ނެދަލޭންޑްސް ހިމެނެ އެވެ.