ލައިފްސްޓައިލް

ހީކުރާހާ ޗީޒްގެ އުމުުރު ކުރެއް ނޫން

Aug 22, 2017

ޗީޒް އަކީ ބަދިގޭގައި އާންމު އެއްޗެކެވެ. އައިސް އަލަމާރީގައި އަބަދުވެސް ހުސްނުކޮށް ހުންނަން މަޖުބޫރު އެއްޗެކެވެ. އެހެން ނަމަވެސް ބައެއް ފަހަރަށް ގިނަ މީހުންނަށް ކުރެވޭ ޝަކުވާއަކީ އޭގެ އުމުރު ކުރުވުމެވެ. ގިނަ ދުވަސް ވަންދެން ނުބެހެއްޓޭ ޝަކުވާ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ޗީޒްއަކީ ހީކުރާހާ އުމުރު ކުރު އެއްޗެއް ނޫނެވެ.

ގިނަ މީހުންނަށްވާ ގޮތަކީ، ޗީޒްގެ އަރިމައްޗެއްގައި ފެހިކުލައިގެ ތަންކޮޅެއް އުފެދެން ފަށާ ހިސާބުން ނުބައިވީ ކަމަށް ނިންމާ އެއްލައިލަނީ އެވެ. އެހެންނަމަވެސް ހަމައެކަނި އެބައި ނަގާފައި އެއް ލައިލުމުން ފުދެ އެވެ. މުޅި ޗީޒްފޮތި އެއްކޮށް ނުބައެއް ނުވާނެ އެވެ. އިތުރަށް ގިނަ ދުވަސް ނުކޮށް އަވަހަށް ބޭނުންކުރެވޭނެ އެވެ.

ބައެއް ފަހަރަށް ޗީޒް އަވަހަށް ނުބައިވަނީ ޗީޒް ރައްކާކޮށްފައި ބެހެއްޓޭގޮތުންނެވެ. އެންމެ ފުރަތަމަ ތި ގެންގުޅެނީ ކޮން ކަހަލަ ޗީޒް އެއްތޯ ބަލާށެވެ. ޕާމެސަން ނުވަތަ ޗެޑާ ކަހަލަ ގަނޑުކޮށް އޮންނަ ޗީޒް ނުކަނޑާނަމަ ދެ މަސް ދުވަހާއި ހަތަރު މަސް ދުވަހާއި ދެމެދު ނުވަތަ އަށް މަސް ވަންދެންވެސް އައިސް އަލަމާރީގައި ނުބައި ނުވެ ބޭއްވޭނެ އެވެ.

އެހެން ބާވަތްތަކުގެ ޗީޒް ކަނޑާފައި ނުވަތަ ބޭނުން ކުރަން ފަށާފައިވެސް ދެއެއް ނުވަތަ ތިން ހަފްތާ އާ ދެމެދުގެ މުއްތަކަށް ބޭނުންކުރެވޭނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ފެހިކުލަ އުފެދިފައި ނުވަތަ ނުބައިވާން ފަށާފައި ހުންނަ ޗީޒުން އެބައި ނަގާފައި ބޭނުންކުރަންވާނީ އެއީ ޗެޑާ ކަހަލަ ގަނޑުކޮށް އޮންނަ ޗީޒްގަ އެވެ. އޭގައި މޮއިސްޗުރައިޒްކޮށްފައި ހުންނަ މިންވަރު މަދުވުމުން ނުބައިވާލެއް ލަސްވެ އެވެ. އަދި މުއްދަތު ހަމަވެފައި ހުންނަ ޗީޒް އެއްވެސް ވަރަކަށް ބޭނުންނުކުރާށެވެ. އެއީ ގިނަ ބަލިތަކެއް ޖައްސުވާނެ ކަމެކެވެ.