ހަބަރު

ޑިންގީއެއް ބަންޑުން ޖަހާލިތާ ގިނައިރު ނުވެ ނެރުމައްޗަށް ލޯންޗެއް އަރައިފި

Aug 23, 2017
10

މާލޭ ދެކުނު ފަރާތު ސިނާއީ އަވަށުގައި އަލަށް ކެނޑި ނެރު މައްޗަށް މިއަދު ހަވީރު ޑިންގީ އެއް ބަންޑުންޖަހާލިތާ ގިނަ އިރުތަކެއް ނުވަނީސް އެ ނެރުމައްޗަށް ލޯންޗެއް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީމާލޭ ދެކުނު ފަރާތު ނެރަށް ލޯންޗެއް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:55 އެހާކަންހާއިރު ކަމަށާއި ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ތިިން މީހުން ކަމަށެވެ. އަދި އެ ތިން މީހުންނަށް އަނިޔާވެފައިވާތީ އެމީހުން ހޮސްޕިޓަލަށް ގެންގޮސްފަައިވާ ކަމަށެވެ.

އެ ސަރަހައްދަށް ލޯންޗު އެރުމާއެކު އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި ފުލުހުންވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.

މިއަދު ހަވީރު އެ ނެރުމައްޗަށް ޑިންގީ އެއް ބަންޑުން ޖަހާލާފައިވާ ކަމަށާއި އޭގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ގެންގޮސްފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް ސާފެއް ނުވެ އެވެ.