ހަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑްކޮށްފި

ކުރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އަހުމަދު ސަސްޕެންޑުކޮށްފައި ވަނީ ޖޭއެސްސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިއަދުގެ ވަގުތެއްގަ އެވެ. އަދި އެ މައްސަލާގައި އަހުމަދުގެ ބަޔާނެއް ވެސް މިއަދު ނަގާފައިވާ ކަމަށްވެ އެވެ. ނަމަވެސް އޭނާ ވަކިކުރީ ކޮން ސަބަބަކާ ހެދިކަމެއް ސާފެއް ނުވެ އެވެ. އަދި އެކަމާ ގުޅިގެން އެ ކޮމިޝަނާއި ކްރިމިނަލް ކޯޓުގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އަހުމަދަކީ 2015 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީއެއް ގޮތުގައި ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ޖޭއެސްސީގެ މެންބަރުކަން ވެސް އަދާކޮށްފަ އެވެ.