ހަބަރު

މެންބަރު އަސްއަދު މަޖިލީހަށް ބިސްކޮތަޅެއް ވެއްދިކަން ފަޅާ އަރައިފި

Aug 24, 2017
16

ރައްޔިތުން މަޖިލީހުގައި މެންބަރުންގެ ދެމެދު ބިހުގެ ހަމަލާތަކެއް މިއަދު ބަދަލު ކުރި އިރު، ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ޗެމްބަރުގެ ތެރޭގައި ބިސް ކޮތަޅެއް ގެންގުޅުއްވާ ވީޑިއޯއެއް މަހުލޫފް އާންމުކޮށްފި އެވެ.

މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި މިއަދު ރިޔާސަތުގައި އިންނަވާ ގޮނޑިއަށް ވެސް މެންބަރުންތަކެއް ބިސް ޖަހާފައިވާ އިރު ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ތުހުމަތު ކުރެވީ އެއީ މަހުލޫފްގެ ކުރެއްވި ކަމެއް ގޮތުގަ އެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށް މަޖލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިސްތަށިފުޅުގައި އެކަން އަޅުވާފަ އެވެ.

ބިސް ޖެހީ ކޮން ބައެއް ކަމަކާ މެދު ސުވާލު އުފެދިފައި ވަނިކޮށް މަހުލޫފް މިއަދު އާންމު ކުރި ވީޑިއޯއިން މެންބަރު އައްސަދު ބިސްކޮތަޅެއް ހިފައިގެން، އޭނާގެ ގޮޑީގައި އިށީންދެ އިދެ، އެ ބިސްކޮތަޅު ފޮރުވައިގެން ގެންގުޅޭ މަންޒަރު ފެނެ އެވެ. އެ ކޮތަޅު ދެއްކުމަށް ތަކުރާރުކޮށް ވިދާޅުވުމުން ވެސް އައްސަދު ނުދެއްކުމުން މަހުލޫފް ވަނީ މޭޒު ދަށަށް ފޯނު ދިއްކުރައްވާ ބިސްތައް ދައްކާލައިފަ އެވެ. މިކަމާ ގުޅިގެން އައްސަދުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މެންބަރުން ބިސް ޖަހާހެދި އިރު، މަޖިލީހުގެ ތެރެއަށް އެފަދަ ތަކެތި ވެއްދުން ވަނީ މަނާކޮށްފަ އެވެ.