ސައުދީ އަަރަބިއްޔާ

ހަރަމްފުޅުގައި ބޮޑެތި ކުޑަތަކެއް ޖަހަނީ

މާތްވެގެންވާ މައްކާގައިވާ އަލް މަސްޖިދުލް ޙަރާމްގެ ގޯތިތެރެެ އާއި ފުރާޅުތަކުގެ މަތީގައި އަންނަ އަހަރު ބޮޑެތި ކުޑަތަކެއް ޖަހާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ހައްޖުގެ އަޅުކަމުގެ ސަލާމަތީ ކަންތަައްތައް ބަލަހައްޓާ ލަޝްކަރުތަކުގެ ކޮމާންޑަރާ ހަވާލާދީ އަރަބް ނިއުސް ބުނީ ހަރަމްފުޅުގައި ޖަހާނީ 53 އަކަމީޓަރުގެ ހިޔާގަނޑެއް ހުންނަ ބޭނުންވީމާ ލައްޕައިލެވޭ ކުޑަތަކެއް ކަމަށެވެ. ކޮމާންޑަރު މޭޖާ ޖެނެރަލް މުހައްމަދު އަލް އަހުމަދީ ވިދާޅުވެފައި ވަނީ ކުޑަތައް ޖަހަން އުޅެނީ ގަދަ ހޫނުން ހައްޖާޖީންނަށް ލިބޭ ވޭން ކުޑަ ކުރުމަށް ކަމަށެވެ.

އަލް އަހުމަދީ ވިދާޅުވެފައި ވަނީ އެ ކުޑަތަކަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިހާތަނަށް ތަައާރަފްކުރާ އެންމެ ބޮޑެތި ކުޑަތަކަށް ކަަމަށެވެ.
ސައުދީ ސަރުކާރުން ވަނީ މަދީނާގައިވާ އަލް މަސްޖިދުއް ނަބަވީގައި މިހާރުވެސް ބޮޑެތި ކުޑަތަކެއް ޖަހާފައެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ދާއިރު ސަލާމަތީ ކަންތައްތައް ބަލަހައްޓަން ސައުދީ ސަރުކާރުން ވަނީ 17000 މީހުންނާއި 3000 އެއްގަމު އުޅަނދު ހާއްްސަކޮށްފަ އެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމަށް މިހައިތަނަށް 1.7 މިލިޔަން މީހުން ވަނީ ސައުދީއަށް ޖަމާވެފައެވެ.