ހަބަރު

މާލޭގެ ބައެއް ހިސާބުން ކަރަންޓު ކެނޑިއްޖެ

މާލެ ސިޓީގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ހިދުމަތް މިއަދު ކެނޑިއްޖެ އެވެ.

މިއަދު ހެނދުނު 9:40 އެހާކަންހާއިރުން ފެށިގެން ހެންވޭރުން ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފައިވެ އެވެ. އެހެން ބައެއް ސަރަހައްދަކުން ވެސް ކަރަންޓު ގޮސްފައިވާ ކަމަށް ވެއެވެ.

އެކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހަތަރު ފީޑަރަށް ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ބެކަޕް ޖެނަރޭޓަރު ޖައްސާ ކަރަންޓުގެ ދޫކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި އިތުރު މަައްސަލައެއް ދިމާ ނުވެއްޖެ ނަމަ ގަޑިއިރެއްގެ ތެރޭގައި އަލުން ކަރަންޓު ދޫކުރެވޭނެ ކަމަށެވެ.

މިއަދު ކަރަންޓު ގޮސްފައިވާ އިރު މިދިޔަ ހަފްތާގެ އަނގާރަ ދުވަހު ވެސް ކަރަންޓު ނަރަކަށް ލިބުނު ގެއްލުމަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.