އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭ އިން ނޯވޯނޯޑިސްކްގެ އިންސިއުލިން ތައާރަފުކޮށްފި

އޭޑީކޭ ކޮމްޕެނީ އިން ޑެންމާކުގެ ނޯވޯނޯޑިސްކްގެ އިންސިއުލިން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ހޮޓެލް ޖެންގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެކަޑެމިކް އެންޑް ރިސާޗް ޔުނިޓާއާއި ޑެންމާކް ގެ ކުންފުންޏެއް ކަމަށްވާ ނޯވޯ ނޯޑިސްކް ގުޅިގެން ބޭއްވި ސެމިނާގައި ތައާރަފުކުރި އިންސިއުލިން ރާއްޖެ އެތެރެކޮށް ވިއްކަނީ އޭޑީކޭ އިންނެވެ.

މި ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލް އާއި ޓްރީޓޮޕް ހޮސްޕިޓަލް އަދި އެހެނިހެން ކްލިނިކް ތަކުގެ ގިނަ ޑޮކްޓަރުން ވަނީ ބައިވެރިވުމަށް ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމްގައި ތައާރަފު ކުރި ޑެންމާކްގެ އިންސިއުލިންއަކީ ޔޫރަޕްގެ މަޝްހޫރު އަދި ގިނަބައެއްގެ އިތުބާރު ހޯދާފައިވާ ދުނިޔޭގެ އެއް ވަނަ އިންސިއުލިން އެވެ.