ލައިފްސްޓައިލް

މިސްޓީކް: އަންހެން ކުދިންނަށް އަމާންތޭ ގެނެސްދީފި!

Aug 28, 2017
22

ރަނގަޅު ފެންވަރުގެ ބްރޭންޑެޑް، އަންޑަ ގާމެންޓްސް ނުވަ ދަށުން ލާ އެއްޗެހި ރާއްޖެއިން ގަންނަން ނުލިބޭ ވާހަކައަކީ ވަރަށް ގިނަ އަންހެނުން ހާއްސަކޮށް ޒުވާން އަންހެން ކުދިން ދައްކާ ވާހަކަ އެވެ. ކުރާ ޝަކުވާއެކެވެ. ހާއްސަކޮށް ބްރޭންޑެޑް އަންޑަ ގާމެންޓްސް ރާއްޖެއިން ނުލިބޭތީ އެވެ. ދިވެހި އަންހެން ކުދިން މި އުދާސްތައް ދުއްވާލައި ފަސޭހަ ކޮށްލައި ދެނީ އަމާންތޭ އެވެ. އަމާންތޭ ބްރޭންޑްގެ އަންޑަގާމެންޓްސް އަކީ ދިވެހިންނާ ރައްޓެހި ދިވެހިންގެ ތެރޭގައި މަގުބޫލު ބްރޭންޑެކެވެ. ނުވެ އޮތް ކަމަކީ ފްރެންޗައިޒްގެ ގޮތުގައި ރާއްޖެ ނާދެވި އޮތް އޮތުމެވެ.

އަމާންތޭ ބްރޭންޑްގެ ފޭނުންނަށް މިއީ ހެސްކިޔާފައި އުފާވެރި ހަބަރަކަށް ވާނެ އެވެ. މާލޭގައި އަމާންތޭ ބްރޭންޑްގެ އަންޑަ ގާމެންޓްސް ވިއްކާ ހާއްސަ ފިހާރައެއް މިހާރު ވަނީ އޯޕަން ކޮށްލާފަ އެވެ. ރަސްރަނި ބަގީޗާ ކައިރިން އަލޯރާ ފަރުނީޗަރު ފިހާރަ ކުރިމައްޗަށް އޮންނަ ބްލޮކްގައި ހުންނަ "މިސްޓީކް" ފިހާރައިން އަމާންތޭ ބްރޭންޑްގެ އެއްޗެހި ލިބޭނެ އެވެ. ޕްރައިވަސީއާއެކު ދާ ގޮތަށް ގޮސް ވަންނަންވީ އެވެ.އެ ފިހާރައިގައި އަމާންތޭ ބްރޭންޑްގެ އެއްޗެހި ނޫނީ ނުހުންނާނެ އެވެ. ވަރަށް ވަރަށް ސަޅި އެވެ.

އަމާންތޭ ބްރޭންޑްގެ އަންޑަގާމެންޓްސް ރާއްޖެއަށް ގެނެސް މާކެޓް ކުރަނީ ކޮން ބައެއް ކަން އެނގޭ ހެއްޔެވެ؟ ދަށުންލާ އެއްޗެއްސަށް ހާއްސަކޮށް މާލޭގައި ގިނަ ދުވަސް ތަކެއް ވަންދެން "ގަޒަލް" ފިހާރަ ހިންގުމުގައި އިސް ދައުރެއް އަދާކުރި ނާޒިމާ ހުސެއިނެވެ. ނާޒިމާ އަކީ އެ ވިޔަފާރީގައި ފަސް އަހަރުގެ ތަޖުރިބާ ކޮށް ކަސްޓަމަރުންގެ ބޭނުންތައް ދެނެގެންފައިވާ ޒުވާން ވިޔަފާރިވެރިއެކެވެ.

އަމާންތޭ ބްރޭންޑް ރާއްޖެ ގެންނަން އޭނާ މަސައްކަތް ކުރާތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ސްރީލަންކާގެ މާސް ހޯލްޑިން ކުންފުނިން އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން އުފައްދާފައިވާ ފްރެންޗައިސް ބްރޭންޑަކަށްވާތީ އެކަމަށް ދުވަސް ނެގީ އެވެ. އެކަމަށް ބޭނުންވާ މަޝްވަރާތަކާއި، ރާއްޖެއަަށް އެންމެ އެކަށީގެންވާ ކަހަލަ މޮޑެލްއެއް އުފައްދާ، ފީސިބިލިޓީ ސްޓަޑީތަކާއި އެހެނިހެން ކަންތައްތައް މައި ކުންފުނިން ބަލައި ކުރިއަށް ގެންދާތީ އެވެ.

"ގަޒަލް ބަންދު ކުރުމަށްފަހު އައި ދުވަސްތަކުގައި ކަސްޓަމާސް މި ވިޔަފާރި ކޮށްދޭށޭ ބުނެ ރިކުއެސްޓްކުރާތީ އަނެއްކާވެސް ފެށީ، މާލެއިން ރަނގަޅު ކޮލިޓީގެ އެެއްޗެހި ރަނގަޅު އަގެއްގައި ނުލިބޭތީވެ، ދެން އަޅުގަނޑުގެ ނަސީބު ރަނގަޅުކަމުން އަމާންތޭ މި ލިބުނީ،" މީސްޓީކްގެ ޖެނެރަލް މެނޭޖާ ނާޒިމާ ވިދާޅުވި އެވެ.

"އަމާންތޭއަކީ ލަންކާއިން ފަސޭހައިން ލިބޭ ބްރޭންޑެއް، ރާއްޖެއިން އަނެއްކާ ބޮޑެތި ސައިޒުތައް ނުލިބޭ، ކޮލިޓީއަށް ވެސް ބަލާފައި ގިނަ ސައިޒުތައް ލިބެން ހުންނާތީ އަމާންތޭ ޗޫޒްކުރީ،"

އަމާންތޭ ބްރޭންޑަކީ ސްމޯލް ސްކޭލްގައި ދޫކޮށްލާ ބްރޭންޑެއް ނޫން ނަމަވެސް ގިނަ ޝަރުތުތަކާއެކު ރާއްޖެއަށް އެފުުރުސަތު ދިނީ އެވެ.

އެގޮތުން އެއް ޝަރުތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ހިސާބެއްގައި އެކަށީގެންވާ އަގެއްގައި އަމާންތޭ ބްރޭންޑް ލިބެން ހުރުމެވެ. އެމަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. ބޮޑެތި އަދި ގިނަ މީހުން އެއްވާ ރަށްތަކުގައި އަމާންތޭ ބްރޭންޑްގެ އެއްޗެހު އުފައްދާނެ ފިހާރައެއް ނުވަތަ ރަށުގެ ކޮންމެވެސް އެހެން ބޮޑު ފިހާރައެއްގައި އަމާންތޭ ކޯނާއެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. ނާޒިމާ ވިދާޅުވީ މި އަހަރުގެ ތެރޭގައި އަތޮޅުތެރެއިން ކޮންމެވެސް އެއް ރަށަކުން އަމާންތޭ ބްރޭންޑްގެ އެއްޗެހި ހެޔޮ އަގެއްގައި ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްތަކެއް އެބަކުރަން އެހެން ރަށްރަށް މި ގެންދަން، އެހެން ރަށްރަށުގައި އުޅޭ ކުދިންވެސް މާލެއިން ލިބޭ އަގެއްގައި ފޯރުކޮށްދޭން މި އަންނަނީ މަސައްކަތް ކުރަމުން، މާލެއަށް އައިސް މިތަނުން ގަތުމަށްވުރެ ރަށުން ގަންނަން ފަސޭހަވާނެ، އެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް މި އަންނަނީ ކުރަމުން" ނާޒިމާ ވިދާޅުވި އެވެ.

އަމާންތޭ ބްރޭންޑްގެ އެއްޗެހީގެ އަގުތަކަށް ބަލާއިރު އެކި ސައިޒު އަދި އެ ސްޓައިލްގެ އެއްޗެހީގެ އަގުގަތައް ތަފާތުވާވާނެ އެވެ. އެއްހާހަަށްވުރެ ގިނަ ޑިޒައިންގެ އުފެއްދުންތައް ހުންނާނެ އެވެ. ލަންކާގައި އަމާންތޭ އުފެއްދުން ލިބޭ ރޭންޖުގަ އެވެ. އަދި ހަތް ވަރަކަށް އަހަރު ވަންދެން ބޭނުންކުރެވޭއިރު އެއީ އެންމެ އެކަށީގެންވާ އަގުތަކެކެވެ.

މި މަހުގެ 11 ވަނަ ދުވަހު މިސްޓީކް ހުޅުވިއިރު މިހާތަނަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފްރެންޗައިސް ބްރޭންޑަކަށްވާތީ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް އެކައުންޓްވެސް ތައްޔާރު ކުރަނީ މައި ކުންފުނިންނެވެ. ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް އެކައުންޓް ތައްޔާރުކުރުމަށްފަހު ނާޒިމާ އާ ހަވާލުކުރާނެ އެވެ.

ސީޒަނަލީ އަމާންތޭ ބްރޭންޑަށް އަންނަ ބަދަލުތަކާއި އުފެއްދުންތައްވެސް މިސްޓީކް ފިހާރައިން ލިބޭނެ އެވެ.