ލައިފްސްޓައިލް

ބައިވެރިޔާގެ ބޭވަފާތެރިންގެ ލިސްޓު ބެލުން މުހިންމު!

Sep 1, 2017

ބޭވަފާތެރިންނަށް ނިސްބަތްކޮށް ބުނެއުޅެނީ "އެއްފުޅަށްމަތިން ފުއްމާލި ބަކަރި އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެއޭ" އެވެ. ސައިންސް ވެސް ވަނީ މި ހަގީގަތް ގަބޫލުކޮށްފަ އެވެ. ސައިންސް ބުނަނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ލޯބިވެރިޔާއަށް ބޭވަފާތެރި ވެއްޖެ ނަމަ އެކަން އަބަދުވެސް ތަކުރާރުވާނެ ކަމަށެވެ.

ވީމާ ލޯބިވެރިޔެއް އިޚުތިޔާރު ކުރާއިރު އޭނާގެ ބޭވަފާތެރިންގެ ލިސްޓު ބަލަން ޖެހެ އެވެ. ނޫން ނަމަ ތިއީ ވެސް ބޭވަފާތެރިޔާގެ ލިސްޓަށް އަރާ ނަމަކަށް ވެދާނެ އެވެ.

ޔުނިވަސިޓީ ކޮލެޖު ލަންޑަނުން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ އެއްފަހަރަށް ވުރެ ގިނައިން ބޭވަފާތެރިވާ މީހުން އެކަން އެތަށް ފަހަރަކު ތަކުރާރު ކުރަން ޖެހިލުން ނުވާނެ ކަމަށެވެ. ސަބަބަކަށް ވަނީ އެމީހުން ތަކުރާރުކޮށް ދޮގު ހަދާއި މަކަރު ހަދާނަމަ އަމިއްލަ ނަފުސު އެކަން ކަން ކުށްވެރި ނުކުރެވޭ ކަމަށެވެ. އަދި އެގޮތަށް ބޭވަފާތެރިވުމަކީ އެމީހުންނަށް މާބޮޑު ކަމަކަށް ނުވެ އެވެ.

ނަމަވެސް އެންމެ ފުރަތަމަ ފަހަރު ބޭވަފާތެރިވުމުން އެފަދަ މީހުންނަށް ކުށްވެރިކަމާއި ލަދުވެތިކަން އިހުސާސް ވެއެވެ. ނަމަވެސް ދެވަނަ ފަހަރަށް ބޭވަފާތެރިވެއްޖެނަމަ ފުރަތަމަ ފަހަރު އިހުސާސްވި ވަރުގެ ކުށްވެރިކަމެއް އިހުސާސް ނުވެ އެވެ. އަދި ތަކުރާރުކޮށް އެއް ލޯބިވެރިޔަކާ އެއްކޮށް އުޅެމުން ބޭވަފާތެރިވާނަމަ ދެން ވެސް ގުޅޭ ބައިވެރިޔާ އަށް ބޭވަފާތެރިވާނެ ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.

މިއާ ޚިލާފަށް އެއްފަހަރު ބޭވަފާތެރިވެ އެކުށް މާބޮޑަށް އިހުސާސްވާ މީހުން ދެވަނަ ފަހަރަށް ބޭވަފާތެރިވުން މަދު ކަމަށް ވެއެވެ.

އެހެން ކަމުން އެހެން މީހެއްގެ ލޯބިވެރިޔެއް ޖަހައިގަންނަ އިރު ތިމާ ފުންމާމިލެވެނީ ކިހާވަރެއްގެ ވަޅުގަނޑަކަށްތޯ ވިސްނާލަން ޖެހެ އެވެ.