ހައްޖުގެ އަޅުކަން

ހައްޖަށް ދިޔަ ބައެއް ދިވެހިން ޖަމާއަތާ ދުރަށް ދެވުމުން ހޯދަނީ

Sep 1, 2017
3
ދިވެހި ހައްޖާޖީ އިން ހައްޖުގެ އަޅުކަމުގައި- ފޮޓޯ: ހައްޖު ކޯޕަރޭޝަން
0%
0%
0%

ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން މުޒްދަލިފާ އިން މިނާއަށް ދިޔަ މަގުމަތީގައި އޭގެ ތެރެއިން ގިނަ ބަޔަކު ޖަމާއަތާ ވަކިވެ، ދުރު ހިސާބުތަކަށް ބެހުމުގެ ސަބަބުން އެ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަވަސް" އަށް މިރޭ ވިދާޅުވީ މުޒުދަލިފާ އިން މިނާއަށް އައި މަގުމަތީގައި ވަރަށް ގިނަ ދިވެހިންތަކެއް ޖަމާއަތާ ވަކިވެ އެކި ދިމާލަށް ބެހި މަގު އޮޅި، ދުރަށް ގޮސްފައިވާ ކަމަށެވެ. އެގޮތަށް ދިމާވާން މެދުވެރިވި ސަބަބަކީ ދިވެހިން ދަތުރު ކުރުމަށް ހަމަޖައްސާފައިވާ ބަސް އައުން ލަސްވުމުން ބައެއް އެހެން ބަސްތަކަށް އަރައިގެން ދިޔުން ކަމަށާއި އެހާ ހިސާބުން މަގު އޮޅިގެން ވަރަށް ގިނަ މީހުން ޖަމާައަތްތަކަށް ގުޅަމުން ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ދުރުހިސާބުތަކަށް ދެވުނު ނަމަވެސް އެންމެންނާ ވެސް ގުޅޭ ކަމަށާއި އެ މީސް މީހުން ތިބި ތަންތަން ލޮކޭޓުކޮށް އެހީތެރިން މެދުވެރިކޮށްގެން އަނބުރާ ޖަމާއަތުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ރޭ 10:00 ޖެހިއްސު މި އުޅެނީ އެ މައްސަލަ ދިމާވެގެން، އިރުއޮއްސޭ ގަޑިއަށް އަރަފާތު ބިމުން އެތައް މިލިއަން މީހުން ނިކުންނާނެ، އެގަޑީގައި އެހެން ބަސްތަކުގައި ދާނަމަ އެތައް ގަޑިއިރު ކުރިން ނޫނީ އަންނާކަށް ފަސޭހައެއް ނޫން، އެއީ ޓްރެފިކްގެ ސަބަބުން، މިފަހަރު ސެކިއުރިޓީ ބަލަހައްޓަން މަގުތައް ބަންދު ކޮށްފައި ހުރުމުން ބައެއް ފަހަރަށް ބަސްތަކަށް ވެސް މަގު އޮޅި ކަންކަން ވާނެ، އެތައް ބަހެއް އުޅޭ އިރު ބަހަކުން އެންމެ މީހަކު ގެއްލުނަސް ލޮކޭޓު ކުރަން ވަރަށް އުނދަގޫ ވާނެ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ދިމާވި އިރު ރާއްޖެއިން ހައްޖަށް ދިޔަ މީހަކު ގެއްލިގެން އެ އާއިލާއިން ވަނީ މިއަދު ހަވީރު އެ މައުމޫމާތު ހިއްސާކޮށްފައެވެ. ތ. އަތޮޅު މަޑިފުއްޓަށް ނިސްބަތްވާ އެމީހާ ރެއިން ފެށިގެން ގެއްލިފައިވާތީ އާއިލާއިން އެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އެ މީހާ ނިސްބަތްވާ ޖަމާއަތުން އޭނާ ނުގެއްލޭ ކަމަށާއި ދުރު ހިސާބަކަށް ދެއްވިފައިވާތީ ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައި ވަނިކޮށް އާއިލާއިން ވެސްވަނީ އޭނާ ފެނިއްޖެ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގައި ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހިންނަށް މިފަދަ މަައްސަލަތަކެއް ދިމާވި އެވެ. އެ ފަހަރު ވެސް މީހުންތައް އަނބުރާ ޖަމާއަތުގެތެރެއަށް ގެންދެވުނީ ގަޑިއިރުތަކެއް ފަހުންނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910