ހަބަރު

ބޯކޮށް ވާރޭވެހި ފުވައްމުލަކުގައި ފެން ބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ޏ، ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގައި ވަރަށް ބޮޑަށް ފެންބޮޑު ވެއްޖެ އެވެ.

އެންއެންޑީއެފުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ފުވައްމުލަކުގައި ފެންބޮޑުވެފައިވާތީ އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ބަނޑާރަކިޅި އަދި މާލެގަން ސަރަހައްދުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވާތީ މިއަދު ހެނދުނުން ފެށިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި މާލެގަމާއި ހޯދަނޑުގެ ކާނު ކެނޑުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ކުރަމުންދާ ކަމަށެވެ.

ފުވައްމުލަކު ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި ހައުސިން މިނިސްޓްރީ އާއި ފޯއްމުލަކު ކައުންސިލް އިދާރާ އާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ އިތުރުން އެރަށު ސިޓީ ކައުންސިލުން ވެސް ބައިވެރިވެފައިވާ ކަމަށް އެމްއެންޑިއެފުން ބުންޏެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި އެރަށުގައި ވަރަށް ބޮޑަަށް ފެންބޮޑުވެފައި ވެއެވެ. އަދި އެރަށުން ފެން ހިންދުމުގެ މަސައްކަތުގައި އެރަށުގެ ރައްޔިތުންނާއި ފެނަކަ ކޯޕަރޭޝަން ހަރަކާތްތެރިވެފައި ވެއެވެ.