ހަބަރު

އިޖުތިމާއީ ހިދުމަތްތެރިންގެ ގާބިލުކަން އިތުރުކުރުމުގެ ވޯކްޝޮޕެއް ފަށައިފި

Sep 10, 2017
2

އިޖުތިމާއީ ހިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޖެންޑާ މިނިސްޓްރީއާއި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދާ މަސަައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިއަދު ފެށި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ ވަނަ ދުވަހާ ހަމައަށް 14 އަށް ޗަންޕާ ސެންޓްރަލް ހޮޓަލުގައި ކަމަށެވެ.

ޕްރޮގްރާމް އިފުތިތާހުކުރުމަށް މިއަދު ބޭއްވޮ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ފަަރާތުން ވާހަކަފުޅުދެއްކެވީ ސްޓޭޓް މިނިސްޓަރު ފެމިލީ ޑރ. މަރިޔަމް ޖަބީނެވެ. އޭނާ ދެއްކެވި ވާހަކަފުޅުގައި މަސައްކަތްތެރިންނާ ހަވާލުވެފައިވާ ޒިންމާގެ މުހިންމުކަމާއި އަލަށް އެކުލަވާލާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމުގެ މުހިއްމުކަން ބައިވެރިންނަށް ފާހަގަކޮށްދެއްވިއެވެ. އަދި މަސައްކަތުގެ އަހުލާގާއި އިހުލާސްތެރިކަމާއި ފެންވަރު ހިފެހެއްޓުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ޖަބީން ވިދާޅުވީ އަދި ތަމްރީން ޕްރޮގްރާމުގެ ސަބަބުން އިޖުތިމާއީ ހިދުމަތްތެރިންގެ ހުނަރާއި ގާބިލުކަން އިތުރުވެ، ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނޭކަން ޔަގީންކުރައްވާ ކަމަށެވެ.

މި އަދު ފެށި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އާއި މިނިސްޓްރީގައި މަސައްކަތްކުރާ ޖުމްލަ 27 މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ ސަރުކާރާއި މަދަނީ ޖަމްޢިއްޔާތަކުގެ ކަމާބެހޭ އެކިފަރާތްތަކުންނެވެ.