ހަބަރު

ނަޝީދު ހޯދައިގެން ގެންނަން އަންގައިފިއްޔާ އެކަން ކުރާނަން: މުންދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާގައި އުޅުއްވަނިކޮށް އެމަނިކުފާނު ހައްޔަރުކޮށްގެން ރާއްޖެއަށް ގެންނަން އަންގައިފި ނަމަ އެކަން އެގޮތަށް ކުރެއްވޭނެ ކަމަށް ރާއްޖެއިން ދާދި ފަހުން ލަންކާއަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ސަންޓީވީގެ "50 މިނަޓް" ޕްރޮގްރާމްގައި މިރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ ކަމާ ބެހޭ މުއައްސަސާއަކުން އަދި އެކަން އެގޮތަށް ކުރައްވަން އަންގަވައިފިއްޔާ އަމިއްލަފުޅަށް މަގުމައްޗަށް ނުކުންވައިގެން ވެސް އެފަދަ އޯޑަރެއް ތަންފޫޒު ކުރައްވާނެ ކަަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ މުއައްސަސާޔަކުންއަކުން އަޅުގަނޑަށް އަންގައިފިއްޔާ އެކަން ކުރާނަން. އިޓްސް ވެރި ސިމްޕަލް. އޭގެ މާނައަކީ ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާއަކުން ހަމަ ވިދާޅުވާންވީ މިވެނި މީހަކު އެއީ ހޯދައިގެން މިހާރު ގެންނަން ޖެހޭ މީހެކޭ. ބުނީމާ އަޅުގަނޑުގެ ހަމަ ޒިންމާޔާ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭނެ، ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި މިވެނި ކަމެއް މިވަގުތުންް މިވަގުތަށް ކުރަން އަންގަވައިފިއްޔާ އެކަން ކުރަން، އަޅުގަނޑު ހަމަ ގައިމުވެސް އަޅުގަނޑު އަމިއްލައަށް ނުކުމެ ހޯދައިގެން ވެސް ގެންނާނަން،" ލަންކާ ސަރުކާރާ ގުޅިގެން ނަޝީދު ހައްޔަރުކޮށްގެން ގެންނަން މަސައްްކަތް ކުރައްވައިފާނަންތޯ؟ ޕްރެޒެންޓަރު ސުވާލު ކުރުމުން މުންދު ވިދާޅުވި އެވެ.

މުންދު އެހެން ވިދާޅުވި ނަމަވެސް، ރައީސް ނަޝީދު ބޭރުގައި ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިންގެ ހިމާޔަތުގަ އެވެ. އަދި އެމަނިކުފާނު މިފަހަކަށް އައިސް ގިނަ ދުވަސްތައް ހޭދަ ކުރައްވަނީ ސިޔާސީ މަސައްކަތްތަކުގައި ލަންކާގަ އެވެ. އަދި މިފަހުން އިންޑިއާއަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.

ނަޝީދު ހައްޔަރުކޮށްގެން ގެންނަން ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާއަކުން އަދި ނާންގަވާތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ އޭނާ އަދި ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ހައްޔަރުކޮށްގެން ގެންނަން އަންގައިފިއްޔާ ގެންނާނީ ވަކި ނަޝީދު އެކަންޏެއް ނޫން ކަަމަށާއި ކޮންމެ ދިވެއްސަކު ގެންނަން އެންގިޔަސް ގެނެވޭނެ ކަމަށެވެ.މީހަކު ހޯދައިގެން ގެންނަން އަންގައިފިއްޔާ އެކަމަށް މަސައްކަތް ކުރުމަކީ އެމްބަސީން ކުރަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭގެ މާނައަކީ ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާއަކުން ހަމަ ވިދާޅުވާންވީ މިވެނި މީހަކު އެއީ ހޯދައިގެން މިހާރު ގެންނަން ޖެހޭ މީހެކޭ. ބުނީމާ އަޅުގަނޑުގެ ހަމަ ޒިންމާޔާ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭނެ، ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި މިވެނި ކަމެއް މިވަގުތުންް މިވަގުތަށް ކުރަން އަންގަވައިފިއްޔާ އެކަން ކުރަން
މުންދު - ލަންކާގައި ހުންނަވާ ދިވެހި ސަފީރު

ލަންކާގައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް މުންދު ހަމަ ޖައްސަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ޖަލްސާއަކީ ސައްހަ ޖަލްސާއެއް ނޫން ކަމަށާއި އެކަން ލަންކާ ސަރުކާރަށް އަންގާނެ ކަަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކައަށް ވެސް އޭނާ މިރޭ ރައްދު ދެއްވިއެވެ. ވިދާޅުވީ އޭނާއަކީ ކާކުކަން ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާއަށް ވެސް އެނގިވަޑައި ނުގެން ނޯންނާނެ ކަމަށެވެ. ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައަކީ އަދި އެއަށް ވުރެ އަދި މާރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށް މުންދު ވިދާޅުވި އެވެ.

"ސްރީލަންކާ ކެބިނެޓްގައި ވެސް ތިއްބަވާނީ ހަމަ ވާސްޓް މެޖޯރިޓީއަކީ އަޅުގަނޑުމެން ދަންނަ ބޭފުޅުން. ސްރީލަންކާ އިދިކޮޅުގައި ވެސް ތިއްބަވާނީ އަޅުގަނޑުމެން ދަންނަ ބޭފުޅުން، " އޭނާ ވިދާޅުވިއެވެ.