ބާސެލޯނާ (ޑިސެމްބަރު 17) – ސްޕެއިންގެ ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒްގެ ހެޓްރިކަކާއެކު ސްޕެނިޝް ކަޕްގައި ރޭ ތިން ވަނަ ޑިވިޝަންގެ ހުއެސްކާ އަތުން 8-1 އިން މޮޅުވެ، 12-1ގެ އެގްރިގޭޓް ނަތީޖާއަކާއެކު ބާސާ މުބާރާތުގެ ގަދަ 16ގެ ބުރުން ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި ހުއެސްކާ އަތުން 4-0 އިން މޮޅުވެފައި އޮތުމުން، ރޭގެ މެޗަށް ބާސާގެ މުހިންމު ކުޅުންތެރިން ކަމަށްވާ ނޭމާ އާއި ލިއޮނެލް މެސީ އަދި ލުއިސް ސުއަރޭޒް އަށް ވަނީ ރެސްޓް ދީފަ އެވެ.
މުބާރާތުގެ ގަދަ 16ގެ ބުރުގައި ބާސާއާ ދެކޮޅަށް ނުކުންނާނީ އެލްޗޭ ނުވަތަ ވަލޮޑޮލިޑް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތައް ކާމިޔާބުކޮށް ވެލެންސިއާ އާއި ސެލްޓަ ވީގޯ އަދި އަލްމޭރިއާ ވެސް ވަނީ ގަދަ 16ގެ ބުރުން ޖާގަ ހޯދައިފަ އެވެ. -- ބީބީސީ