ކުރިއަށް އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގާނާގެ މުހިއްމު ދެ ކުޅުންތެރިޔަކަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
އެގޮތުން އާސެނަލަށް ކުޅޭ މިޑްފީލްޑަރު ތޯމަސް ޕާޓޭ އާއި ބްރައިޓަންގެ ކަނާއަތު ބެކް ތާރިގު ލަމްޕޭއަށް ނުކުޅެވޭނެ އެވެ.
މި ދެ ކުޅުންތެރިންނަށް މުބާރާތް ގެއްލުނީ ލިބިފައިވާ އަނިޔާތަކުގެ ސީރިއަސް ކަމުންނެވެ.
ތޯމަސް އާއި ތާރިގު ގައުމީ ޓީމަށް ފިޓް ކުރެވޭތޯ ކޯޗިން ޓީމާއި ޑޮކްޓަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރި އެވެ. ނަމަވެސް މި ދެ ކުޅުންތެރިންނަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ނުކުޅެވޭނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ތޯމަސް އާއި ތާރިގަށް ފަހު ޓީމުގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިޔަކީ ވެސްޓް ހޭމްގެ މިޑްފީލްޑަރު މުހައްމަދު ކުޑޫސް އެވެ. އޭނާ ފިޓްކޮށް ހުރުމަކީ ގާނާގެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
އެފްރިކާގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ބަލައި ގާނާގެ ކޯޗަކަށް ހުރީ ނިއުކާސަލް އާއި ބްރައިޓަންއަށް ކޯޗުކަން ދިން ހޫޓޮން އެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސް ކުރިއަށްދާނީ މިމަހުގެ 13 އިން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.