ޕީއެސްޖީ

ބްރެޒިލްގެ ޒުވާން ޑިފެންޑަރު ބެރާލްޑޯ ޕީއެސްޖީއަށް

ލޫކަސް ބެރާލްޑޯ ފްރާންސްގެ ޕީއެސްޖީއަށް ސޮއިކުރުމަށްފަހު އެ ޓީމުގެ ޖާޒީ ދައްކާލަނީ
0%
0%
0%

ބްރެޒިލް ޒުވާން ޑިފެންޑަރު ލޫކަސް ބެރާލްޑޯ ފްރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފި އެވެ.

އުމުރުން 20 އަހަރުގެ ލޫކަސް ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން ކުޅެމުން ދިޔައީ އޭނާގެ އުފަން ގައުމު -- ބްރެޒިލްގެ ސައު ޕައުލޯ އަށެވެ.

ސައު ޕައުލޯ އާއި 2022 ވަނަ އަހަރު ގުޅުނު ބެރާލްޑޯ ވަނީ އެ ކުލަބަށް ކުޅުނު 48 މެޗުގައި އެއް ލަނޑުވެސް ޖަހާފަ އެވެ.

ބެރާލްޑޯ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން 2029 ވަނަ އަހަރުގެ ޖޫން މަހަށް ދެމިގެންދާނެ އެވެ. މި ޑީލް ނިންމަން ޕީއެސްޖީން ވަނީ 20 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

ބްރެޒިލްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް މުހިއްމު ކުޅުންތެރިޔެއް ކަމަށްވާ ބެރާލްޑޯ ޕީއެސްޖީން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ޕީއެސްޖީއާ އެކު ހޯދެން އޮތް ވީހާވެސް ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345