ނޭމާ

ނޭމާގެ ފުޓްބޯޅަ ހަޔާތުގެ ކާމިޔާބީތައް

އެންމެ ފަހު ދެ ޑިކޭޑުގައި ފުޓްބޯޅައިގެ ރަސްކަން ކުރަމުން އައީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ އެވެ. މި ދެ ކުޅުންތެރިންނާއި އެންމެ ގާތަށް ވެސް ޖެހެވިފައިވާ ކުޅުންތެރިއަކީ ބްރެޒިލްގެ ތަރި ނޭމާ އެވެ.

ބްރެޒިލްގެ ކްލަބް ސެންޓޯސް އިން ވިދާލި ނޭމާ ގައުމީ ޓީމުގައި އޭނާގެ ޑިބަޓް ހަދާފައި ވަނީ 2009 ވަނަ އަހަރު އެވެ.

ޒުވާން ކުޅުންތެރިޔާ ވަނީ ހަތަރު ސީޒަން ތެރޭގައި ސެންޓޯސް އަށް ފަސް ޓްރޮފީ ހޯދައި ދީފަ އެވެ. ސެންޓޯސް އަށް 177 މެޗު ކުޅެދިން އިރު ނޭމާ ވަނީ އެކްލަބަށް 107 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއާއެކު ބްރެޒިލްގެ ގައުމީ ޓީމުގައި އެނާގެ ނަން ވިދާލި އެވެ.

އެގޮތުން 2013 ވަނަ އަހަރު ފީފާ ކޮންފެޑެރާޝަން ކަޕް ބްރެޒިލާއެކު ނޭމާ ކާމިޔާބު ކުރީ 2012 ވަނަ އަހަރު ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ސްޕެއިން 3-0 އިން ބަލި ކުރުމަށްފަހު އެވެ. އެ މުބާރާތުގައި ނޭމާ ވަނީ ގޯލްޑެން ބޫޓު ވެސް ކާމިޔާބު ކޮށްފަ އެވެ.

ކޮންފެޑެރޭޝަން ކަޕް ކާމިޔާބު ކުރުމަށް ފަހު ނޭމާ ވަނީ އޭނާ ވިދާލި ސެންޓޮސް ދޫކޮށް ފްރީ އެޖެންޓެއްގެ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކްލަބް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ބާސާއަށް ބަދަލުވެ، ހަތަރު ސީޒަންގެ ތެރޭގައި އަށް މުބާރާތް ނޭމާ ކާމިޔާބު ކުރި އެވެ. އޭގެ ތެރޭގައި ދެ ލަލީގާ އާއި އެއް ޔުއެފާ ޗެމްޕިއަންސް ލީގު ހިމެނެ އެވެ.

ބާސާގައި ކާމިޔާބީތަކަށް ފަހު 2017 ވަނަ އަހަރުގެ ސަމާ ޓްރާންސްފާގައި ނޭމާ ފްރާންސްގެ ރަސްކަން ކުރަމުން އަންނަ ޕީއެސްޖީއަށް ބަދަލުވި އެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވީ އޭރުގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި 222 މިލިއަން ޔޫރޯ އަށެވެ. މިހާތަނަށް ޕީއެސްޖީގައި ނޭމަ ކުޅުނު ހަތަރު ސީޒަންގައި އޭނާ ވަނީ ނުވަ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.

ސެންޓޯސްގައި ނޭމާގެ ކާމިޔާބީތައް

  • ކޭމްޕިއެނާޓޯ ޕޮލިސްޓާ 3 ފަހަރު ކާމިޔާބު ކުރި (2010، 2011، 2012)
  • ކޮޕާ ޑޯ ބްރެޒިލް 1 ފަހަރު ކާމިޔާބު ކުރި (2010)
  • ކޮޕާ ލިބާޓާޑޯސް 1 ފަހަރު ކާމިޔާބު ކުރި (2011)
  • ރިކޮޕާ ސުދަމެރިކާނާ 1 ފަހަރު ކާމިޔާބު ކުރި (2012)

ބާސެލޯނާގައި ނޭމާގެ ކާމިޔާބީތައް

  • ލަލީގާ 2 ފަހަރު ކާމިޔާބު ކުރި ( 2014/15، 2015/16)
  • ކޮޕާ ޑެލްރޭ 3 ފަހަރު ކާމިޔާބު ކުރި ( 2014/15، 2015/16، 2016/17)
  • ސުޕަކޮޕާ ޑި އެސްޕާނާ 1 ފަހަރު ކާމިޔާބު ކުރި (2013)
  • ޔުއެފާ ޗެމްޕިއަންސް ލީގު 1 ފަހަރު ކާމިޔާބު ކުރި (2010/15)
  • ފީފާ ކްލަބް ވޯލްޑް ކަޕް 1 ފަހަރު ކާމިޔާބު ކުރި (2015)

ޕީއެސްޖީގައި ނޭމާގެ ކާމިޔާބީތައް

  • ލީގު 1 3 ފަހަރު ކާމިޔާބު ކުރި (2017/18، 2019/20، 2020/21)
  • ކޯޕް ޑި ފްރާންސް 3 ފަހަރު ކާމިޔާބު ކުރި (2017/18، 2019/20، 2020/21)
  • ކޯޕް ޑި ލަލީގް 2 ފަހަރު ކާމިޔާބު ކުރި (2017/18، 2019/20)
  • ޓްރޮފީ ޑެސް ޗެމްޕިއަންސް (2018، 2020)

ބްރެޒިލްގައި ނޭމާގެ ކާމިޔާބީތައް

ފީފާ ކޮންފެޑެރޭޝަންސް ކަޕް 1 ފަހަރު ކާމިޔާބު ކުރި (2013)