ބޭރު ކުޅިވަރު

ސެވިއްޔާގެ ކޯޗުކަމުން ޑިއޭގޯ އަލޮންސޯ ވަކިކޮށްފި

ސެވިއްޔާގެ ކޯޗުކަމުން ޑިއޭގޯ އަލޮންސޯ ވަކިކޮށްފި އެވެ.

ސްޕެނިޝް ލީގުގެ ސެވިއްޔާގެ ކޯޗުކަމާ އަލޮންސޯ ހަވާލުވީ މިދިޔަ އޮކްޓޫބަރު ގައެވެ.

އޭގެކުރިން އަލޮންސޯ ހުރީ އޭނާގެ އުފަން ގައުުމު -- އުރުގުއޭގެ ގައުމީ ޓީމާ ހަވާލުވެގެންނެވެ. އޭނާ ގައުމީ ޓީމުން ވަކިވީ ގަތަރުގައި އޮތް ވޯލްޑްކަޕަށް ފަހު ކްލަބް ފުޓްބޯޅައަށް ދާން ބޭނުންވެގެންނެވެ.

އަލޮންސާ މަގާމުން ވަކިކޮށްފައި މިވަނީ އޭނާގެ ކޯޗު ކަމުގައި ސެވިއްޔާ އިން ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެންނެވެ.

އަލޮންސާގެ ކޯޗު ކަމުގައި ސަވިއްޔާ އިން ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ ދެ މެޗުންނެވެ. އެއްވަރުވީ ފަސް މެޗުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކޮށް ސެވިއްޔާ ކަޓައިގެން ދިޔައީ ގުރޫޕްގައިވެސް އެންމެ ފުލުގައި އޮވެގެންނެވެ.

ސްޕެނިޝް ލީގުގައިވެސް ސެވިއްޔާ އޮތީ 16 ވަނައިގައި ރެލިގޭޝަންގެ ބިރު އޮތް ޓީމުތަކުގެ ލިސްޓް ގައެވެ.