ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ޓީޗަރަކު ވަކިކުރުމަށް ގޮވާލާ އެ ސްކޫލުގެ ބެލެނިވެރިން އިހުތިޖާޖުކުރަން ފަށައިފި އެވެ.
ސްކޫލުގެ ބޭރުގައި ބެލެނިވެރިން ދަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އިހުތިޖާޖު ކުރަމުންނެވެ.
ބެލެނިވެރިން އިހުތިޖާޖު ކުރަމުންދަނީ އެ ސްކޫލުގެ ޓީޗަރަކަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެންނެވެ.

ނައިފަރު މަދްރަސަތުލް އިފްތިތާހު ކުރިމަތީގައި ބެލެނިވެރިން އިހުތިޖާޖު ކުރަނީ -- ފޮޓޯ: ފާތިމަތު އަޒްލިފާ | ފޭސްބުކް
އެ ގޮތުން އެ ޓީޗަރު އިސްލާމީ ޝަރީއަތާ ހިލާފު ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެ ޓީޗަރު ސްކޫލުގައި ކިޔަވައިދޭން ބޭނުންނުވާ ކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ.
އެ ޓީޗަރު ސްކޫލުން ވަކިކުރުމަށްވެސް ބެލެނިވެރިން ދަނީ ގޮވާލަމުންނެވެ.