ހަބަރު

ޣިޔާސުއްދީންގެ ދަރިވަރުން އުފެއްދި ރޮބަޓް ދައްކާލުމަށް ގްރީސްއަށް

ޣިޔާސުއްދީންގެ ދަރިވަރުން އުފެއްދި ރޮބަޓް ދައްކާލުމަށް ގްރީސްއަށް ފުރަން ވީއައިއޭގައި
0%
0%
0%

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ދަރިވަރުން ރޮބޮޓިކްސް މުބާރަތުގައި ބައިވެރިވުމަށް ގްރީސްއަށް ފުރައިފި އެވެ.

ގްރީސްގެ ވެރިރަށް އެތެންސްގައި ބާއްވާ ފުރަތަމަ ގޮލޯބަލް ޗެލެންޖުގައި ރާއްޖެ ތަމްސީލު ކުރަނީ ޣިޔާސުއްދީން ސްކޫލުގެ ތިން ބޭފުޅަކާއި، ފަސްދަރިވަރުންނެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޣިޔާސުއްދީންގެ ދަރިވަރުން ވަނީ ކޯޑިންއާ އެކު ރޮބޮޓެއް ތައްޔާރުކޮށްފަ އެވެ.

މިމުބާރާތް ކުރިއަށްދާނީ މާދަމާ އިން ފެށިގެން މިމަހުގެ 29 އަށެވެ. މި މުބާރާތުގައި 190 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ.

މި މުބާރާތުގައި ކޮންމެ ގައުމަކަށްވެސް ރޮބަޓެއް އުފައްދާ ޕްރޮގްރާމުކޮށް މުބާރަތުގައި ވާދަކުރުމުގެ ފުރުސަތު އޮވެ އެެވެ. އަދި އެ އުފައްދާ ރޮބަޓް ދުނިޔޭގެ ގައުމުތަކަށް ދައްކާލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910