މިނިސްޓްރީ އޮފް އެޑިއުކޭޝަން

18 ސްކޫލެއްގެ މަސައްކަތް ނިންމަން ހަވާލުކޮށްފި

ބައެއް ސްކޫލުތަކުގެ މަސައްކަތް ފަށައި މެދުކެނޑިފައިވާތީ އެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކުންފުނިތަކުން އަތުލައި އެގޮތަށް ނުނިމަވާ 18 ރަށެއްގެ ސްކޫލުގެ މަސައްކަތް ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތްތައް މިއަދު ހަވާލުކުރީ އާރްޑީސީއާއި، ފެނަކައިގެ އިތުރުން އެމްޓީސީސީ އަށެވެ.

މިމަޝްރޫއުތަކުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއަދު ހަވާލުކުރި 18 މަޝްރޫއުގެ ތެރެއިން 15 މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި 18 ސްކޫލެއްގެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކޮށް އެހެން ކުންފުނިތަކާ ހަވާލުކުރީ ކުންފުނިތަކަށް ފައިސާ ދީގެންވެސް މަސައްކަތް ކުރިއަށްދާ ގޮތް ނުވުމުންނެވެ.

18 ސްކޫލު ނިސްބަތްވާ ރަށްތައް

  • ހއ. މޮޅަދޫ،
  • ހއ. މާރަންދޫ،
  • ހދ. ނޮޅިވަރަންފަރު،
  • ހދ. ނޭކުރެންދޫ،
  • ހދ. ނައިވާދޫ،
  • ށ. ބިލެތްފަހި،
  • ރ. އިންނަމާދޫ،
  • ރ. ދުވާފަރު،
  • ބ. ކުޑަރިކިލު،
  • ކ. ގުޅި،
  • އއ. މަތިވެރި،
  • ތ. ގާދިއްފުށި،
  • ތ. މަޑިފުށި،
  • ލ. މާވަށް
  • ގދ. ވާދޫ،

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ ސަރުކާރު ސްކޫލުތަކުގައި ހުރި 3،740 ކުލާސްރޫމު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.