މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާލޭގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް އިތުރު ފުރުސަތެއް

ކުރިއަށް އޮތް ދިރާސީ އާ އަހަރު މާލޭގެ ސްކޫލުތަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އިތުރު ފުރުސަތެއް ދީފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިފަހަރު މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

މިމުއްދަތުގެ ތެރޭގައި ދަރިވަރުގެ މައުލޫމާތު ހިމެނޭ ކަމާ ގުޅޭ ފޯމުތައް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

މާލޭގެ ސްކޫލުތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ހުޅުވާލި ފުރުސަތުގައި 967 ކުއްޖަކު ފޯމު ހުށަހަޅާފައިވެ އެވެ. އަދި މާލޭގެ ސްކޫލުތަކުގެ ގުރޭޑް އެކަކަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 2،290 ފޯމް ހުށަހަޅާފައިވެ އެވެ. މީގެތެއިން 1،192 ފޯމު ހުށަހެޅީ މާލެ ސަރަހައްދުންނެވެ. ބާކީ ފޯމުތައް ހުށަހެޅީ އަތޮޅު ތެރޭގެ ރަށްތަކުންނެވެ.

މާލޭގައި ކިޔަވަމުން ދިޔަ ސްކޫލު ބަދަލުކުރަން ބޭނުންވާތީ 1،158 ފޯމްވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.