ބާސެލޯނާ

ޔޫރޯގައި ވިދާލި ނިކޯ ވިލިއަމްސް ބާސެލޯނާއަށް ބަދަލުވުމާ ގާތަށް

ޖަރުމަންގައި މި މަހު ނިމިގެން ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވިދާލި ސްޕެއިންގެ ގައުމީ ޓީމުގެ ޒުވާން ފޯވާޑް ނިކޯ ވިލިއަމްސް ކުރިއަށް އޮތް ސީޒަނުގައި ސްޕެއިންގެ ބާސެލޯނާ އިން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

ސްޕެއިންގެ އެތުލެޓިކޯ ބިލްބާއޯއަށް މިހާރު ކުޅެމުން އަންނަ ވިލިއަމްސް ގެނައުމަށް ބާސެލޯނާ އިން ބިޑް ކޮށްފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި މިހާރު ކުރިއަށްދަނީ ބާސެލޯނާ އާއި ވިލިއަމްސްއާ ދެމެދު އެއްބަސްވާންޖެހޭ ކަންކަމަށް އެއްބަސްވުުމުގެ މަރުހަލާ ކަމަށްވެސް ސްޕެއިންގެ ނޫސްތަކުން ބުނެ އެވެ.

ނިކޯ ވިލިއަމްސްގެ ސޮއި ހޯދުމަށް ބާސެލޯނާއަށް އެހީތެރިވެދިނުމުގެ ގޮތުން އެ ޓީމުގެ ސަޕޯޓަރުން ވަނީ ޓިކްޓޮކްގައި ފައިސާ ހޯދުމުގެ ހާއްސަ

އުމުރުން 22 އަހަރުގެ ނިކޯ ވިލިއަމްސް ގެނައުމަށްޓަކައި އެތުލެޓިކޯ ބިލްބާއޯއަށް 50 މިލިއަން ޔޫރޯ ބާސެލޯނާ އިން ދައްކަން ޖެހެ އެވެ. ބާސާގެ މާލީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ އެއީ އެކުލަބަށް ވަރަށް ބޮޑު އަދަދެކެވެ.

ބާސެލޯނާގެ ރައީސް ޔޮހާން ލަޕޯޓާ ބުނީ ވިލިއަމްސް އެކްލަބަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ބިލްބާއޯގެ ކޯޗް އަދި ބާސެލޯނާއަށް ކުރިން އިރުޝާދު ދިން އެނަސްޓޯ ވަލްވާޑޭ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ވިލިއަމްސްއާމެދު އެކްލްބުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ޗުއްޓީއަށްފަހު އެކްލަބުގެ ފަރިތަކުރުންތަކަށް ވިލިއަމްސް ނިކުންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ބޮޑެތި ކްލަބްތައް ކަމުގައިވާ ޗެލްސީ އާދި މެންޗެސްޓާ ޔުނައިޓެޑުންވެސް އަންނަނީ ނިކޯ ވިލިއަމްސް އަށް ފާރަލަމުންނެވެ.

ވިލިއަމްސްގެ އިތުރުން ސްޕޭންގެ މިޑްފީލްޑަރު ޑަނީ އޯލްމޯގެ ސޮއި ހޯދުމަށްވެސް ބާސެލޯނާ އިން މަސައްކަތްކުރަމުން އަންނަ ކަމަށް ސްޕޭންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓް، ފްރީޒިއޯ ރޮމާނޯ ވެސް ވަނީ އެކަން އިތުރަށް ކަށަވަރުކޮށްދީފަ އެވެ.