ބާސެލޯނާގެ ކުރީގެ ކެޕްޓަން ސާޖީ ރޮބާޓޯ އެ ކްލަބުން ވަކިވެއްޖެ އެވެ.
އޭނާގެ އެއްބަސްވުން އާ ނުކުރުމަށް ބާސާއިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސާގެ އާ ކޯޗު ހަންސީ ފްލިކްގެ ޕްލޭންގައި އޭނާ ނުހިމެނޭކަން މީގެ ކުރިންވެސް ނުސްތަކުން ރިޕޯޓް ކުރި އެވެ.ޗ މިކަމާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ވަކި އެއްޗެކޭ ބުނަން ބޭނުންނުވާ ކަމަށް ފްލިކް ބުނެފައިވެ އެވެ.
ސަރޖީ ރޮބާޓޯ މިހާރު ވަނީ ހިލޭ އެޖެންޓެއްގެ ގޮތުގައި ލިބެން ހުރި ކުޅުންތެރިޔަކަށް ވެފަ އެވެ. ފިއޮރެންޓީނާ، ޖިރޯނާ އަދި އަޖެކްސް ފަދަ ކްލަބުތަކުން އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
ސައުދީ ޕްރޯ ލީގުން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭނާ ދެން ދާނެ ވަކި ކްލަބެއް އަދި ނިންމާފައެއް ނުވެ އެވެ.