ސްޕެއިން

ރެއާލް ބަލިކޮށް ބާސާއިން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ރެއާލް ބަލިކޮށް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައި ބާސާ އިން އުފާފާޅުކުރަނީ
0%
0%
0%

ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ރޭ ބޭއްވުނު ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާއިން އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑް 5-2 އިން ބަލިކޮށްފި އެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ރެއާލް މެޑްރިޑްގެ އެމްބާޕޭ އެވެ. ނަމަވެސް މި ލީޑު ގިނަ އިރުތަކެއް ނުވެ ގެއްލިގެން ދިޔައީ ބާސެލޯނާގެ ޒުވާން ތަރި ލަމީނޭ ޔަމާލް މެޗުގެ 22 ވަނަ މިނެޓުގައި ގޯލެއް ޖެހުމާ ގުޅިގެންނެވެ.

އޭގެ ފަހުން ބާސެލޯނާއިން ވަނީ ވިދިވިދިގެން ގޯލުތަކެއް ޖަހާލާފަ އެވެ. ލެވަންޑޮސްކީ، ރަފީނިއާ އަދި ބަލްޑޭ ވަނީ ބާސެލޯނާއަށް އިތުރު ގޯލުތައް ކާމިޔާބުކޮށްދީފަ އެވެ. ދެވަނަ ހާފުގައި ރަފީނިއާ އިތުރު ގޯލެއް ޖެހުމާ އެކު، ބާސެލޯނާގެ ލީޑު އިތުރަށް ފުޅާވެގެން ދިޔަ އެވެ.

ބާސެލޯނާގެ ގޯލްކީޕަރު ޒެސެންސްކީއަށް 56 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމާ ގުޅިގެން، އެ ޓީމުން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. މި ހާލަތުގައިވެސް ބާސެލޯނާއިން ވަނީ ފުރިހަމަ ޑިފެންސިވް ކުޅުމެއް ދައްކާފަ އެވެ.

މި މޮޅާއެކު ބާސެލޯނާއިން ވަނީ އެ ޓީމުގެ 15 ވަނަ ސުޕަ ކަޕްގެ ތަށި އުފުލާލާފަ އެވެ. ބާސާ އަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުވެސް ކުރި ޓީމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910