ބާސެލޯނާ

ބާސާގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަނީ

ބާސެލޯނާގެ ގިނީ-މޮރޮކޯ ނަސްލުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް
0%
0%
0%

އެލް ކްލާސިކޯގައި ރޭ ކުޅުނު ބާސެލޯނާގެ ކުޅުންތެރިންނާ ދިމާކޮށް ނަސްލީ ގޮތުން ފާޅުކުރި ހިޔާލުތަކާ ގުޅިގެން ސްޕެއިން ސަރުކާރުގެ އެކި އިދާރާތަކުން މައްސަލަ ބަލަން ފަށައިފި އެވެ.

މި މެޗުގައި ބާސެލޯނާގެ ގިނީ-މޮރޮކޯ ނަސްލުގެ ޒުވާން ފޯވާޑް ލަމީން ޔަމާލްއާ ދިމާކޮށް ނަސްލީ ގޮތުން ދިމާކޮށްފައިވާ ކަމަށް ސްޕޭންގެ ބައެއް ނޫސްތަކުން ބުނެ އެވެ.

ސްޕެއިންގެ ސުޕްރީމް ސްޕޯޓްސް ކައުންސިލުން މިކަން ކުށްވެރިކޮށްފައިވާއިރު މި މައްސަލަ ބެލުމުގެ މަސައްކަތް ސްޕެއިންގެ ފުލުހުންނާއި، ލަ ލީގާ، ސްޕެއިން ފުޓްބޯލް ފެޑެރޭޝަން އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފަށާފަ އެވެ.

މީގެ ކުރިން ރެއާލް މެޑްރިޑްގެ ބްރެޒިލިއަން ތަރި ވިނިޝިއަސް ޖޫނިއާ އާ ދިމާކޮށް ނަސްލީ ގޮތުން މަލާމާތްކުރި މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުޓްބޯޅައިގައި އިތުރުވަމުންދާ ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކާ ގުޅިގެން މިފަދަ އަމަލުތައް ހުއްޓުވުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ފީފާއިން ވަނީ ގޮވާލާފަ އެވެ. އަދި މިއީ ދުވަހަކުވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ.

މިފަދަ މައްސަލަތަކާ އެންމެ ގިނައިން ކުރިމަތިލާންޖެހޭ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ވިނިޝިއަސް ޖޫނިއާ ވަނީ އޭނާއާ ދިމާކޮށް ދެން އެފަދަ އަމަލެއް ހިންގައިފިނަމަ މެޗު ދޫކޮށް ދަނޑުން ފައިބާނެ ކަމަށް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910