ބާސެލޯނާ

ބާސާއިން ސުޕަ ކަޕްގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި

ސުޕަ ކަޕްގައި ބާސެލޯނާ އާއި އެތުލެޓިކް ކުލަބު ވާދަކުރި މެޗުގެ ތެރެއިން
0%
0%
0%

ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލް މެޗުގައި އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ، މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ 17 ވަނަ މިނެޓް ގައެވެ. އަލެހަންޑުރޯ ބަލްޑެ ދިން ފުރުސަތަކުން ގަވީ ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފަ އެވެ.

ބާސެލޯނާގެ ފަރާތުން ރަފީނިއާއަށް ވެސް ވަނީ ގޯލު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާގެ ހަމަލާ އެތުލެޓިކްގެ ގޯލްކީޕަރު އުނާއި ސިމޯން ވަނީ ހުނަރުވެރިކަމާއެކު ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ކުޅުން އިތުރަށް ވަރުގަދަކޮށް 52 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ލަމިނޭ ޔަމާލް ވަނީ ގަވީގެ އެހީތެރިކަމާއެކު ޓީމުގެ ދެވަނަ ގޯލު ޖަހާފަ އެވެ.

ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ ރެއާލް މެޑްރިޑާއި މަލޯކާ ދެމެދު ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށްފަހު އެވެ.

ބާސެލޯނާއަށް މި މުބާރާތުގެ ތަށި އުފުލާލެވިއްޖެނަމަ، އެއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރާ 15 ވަނަ ފަހަރަށް ވެގެންދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910