ލަ ލީގާ

ލެގަނޭސް ބަލިކޮށް ބާސާއިން ލީޑު ފުޅާކޮށްފި

0%
0%
0%

ސްޕެނިޝް ލަ ލީގާގައި ރޭ ކުޅުނު މެޗެއްގައި ބާސެލޯނާއިން ލެގަނޭސްއާ ދެކޮޅަށް 1-0 ގެ ނަތީޖާއަކުން މޮޅުވެ، ލީގު ތާވަލުގައި އެ ޓީމުގެ ލީޑު 7 ޕޮއިންޓަށް އިތުރުކޮށްފި އެވެ.

ބާސެލޯނާއަށް މިހާރު 31 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ރެލިގޭޝަން ޒޯންގައި މިވަގުތު 19 ވަނައިގައި އޮތް ލެގަނޭސްއަށް 31 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

މި މެޗުގައި ބާސެލޯނާއިން ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މި މެޗުން ބާސާ މޮޅުވީ ލެގަނޭސްގެ ކުޅުންތެރިޔަކު ހެދި ގޯހަކުން ބައިކޮޅަށް ގޯލެއް ވަދެގެންނެވެ.

އެ ގޯލަކީ ދެވަނަ ހާފުގެ ކުޅުން ފެށިތާ އެންމެ ތިން މިނެޓުގެ ތެރޭގައި ލެގަނޭސްގެ ޑިފެންޑަރު ޖޯޖް ސައެންޒްގެ އަތުން ވަދެފައިވާ ގޯލެކެވެ. ބާސެލޯނާގެ ކުޅުންތެރި ރަފީނިއާ ނަގައިދިން ހުރަހެއް އޭރިއާ ތެރެއިން ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ބޯޅަ ސައެންޒްގެ އަތުން ބައިކޮޅަށް ވަނީ އެވެ.

ބާސެލޯނާއިން ރޭގެ މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ލެގަނޭސްގެ ވަރުގަދަ ދިފާއީ ލައިން ފަހަނައަޅައި ދިއުމަށް އެ ޓީމަށް ދަތިވި އެވެ.

މިރޭ ކުޅެން ހަމަޖެހިފައި އޮތް ރެއާލް މެޑްރިޑްގެ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އަނެއްކާވެސް 4 ޕޮއިންޓަށް ކުޑަވާނެ އެވެ. މިކަމުން ސްޕެނިޝް ލީގުގެ ޓައިޓަލަށް ކުރެވޭ ވާދަ އިތުރަށް ފޯރިގަދަ ވެގެންދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910