ދުނިޔެ

ވެނެޒުއެލާގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އޮފިސަރަކު ހިފަހައްޓައިފި

އެމެރިކާގެ ކަނޑުގެ ސިފައިންގެ އޮފިސަރަކު ވެނެޒުއެލާގައި ހައްޔަރުކޮށްފި އެވެ.

އެމެރިކާ ބުނާ ގޮތުން އޭނާ ހައްޔަރުކުރީ އަމިއްލަ ދަތުރެއްގައި ވެނެޒުއެލާގައި އުޅެނިކޮށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުން އޮފިސަރު ހައްޔަރުކުރީ ކުރިއާލައި އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ދިނުމެއް ވެސް ނެތި އެވެ. އެނާއާ މެދު ވެނެޒުއެލާއިން ކަންކުރާ ގޮތް ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށް ޕެންޓަގަނުން ބުންޏެވެ.

ވެނެޒުއެލާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިހުނަށް ވުރެ ހޫނުވެ ބަހުސަކަށް ވެފައި މިވަނީ މި އަހަރު އެ ގައުމުގައި އޮތް ރިޔާސީ އިންތިހާބުގައި މަދޫރޯއަށް ކާމިޔާބު ލިބުނު ކަމަށް އެ ގައުމުގެ ސްޕްރީން ކޯޓުން ނިންމުމާ ގުޅިގެންނެވެ.

އެމެރިކާ ބުނާ ގޮތުން އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ އިދިކޮޅަށެވެ. މަދޫރޯއަށް ލިބުނީ މަދު އަދަދެއް ކަމަށް އެމެރިކާ ގަބޫލުކުރެ އެވެ.

ވެނެޒުއެލާގެ ރައީސް ކަމަށް ބަލާނީ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ކަމަށްވެސް އެމެރިކާ އޮތީ ބުނެފަ އެވެ.

އެމެރިކާއިން މިދާކަށް ދުވަހު ވަނީ ވެނެޒުއެލާގެ ރައީސްގެ ޕްރައިވެޓް ޖެޓްވެސް ހިފަހައްޓާފަ އެވެ.

އެމެރިކާއިން މިކަމަށް ދައްކާ އުޒުރަކީ އެ ޖެޓަކީ ވެނެޒުއެލާއާށް އަޅާފައި އޮތް ދަރިކުރުންތަކާ ޚިލާފަށް ގަނެ، ހޯދާފައިވާ ޖެޓެއް ކަމަށް ބުނެފަ އެވެ.

އެމެރިކާގެ އިދާރާތަކުން ބުން ގޮތުން 13 މިލިއަން ޑޮލަރުގެ ޖެޓެއް މަދޫރޯ ބައްލަވައިގެންފައިވަނީ އެމެރިކާގެ ތެރެއިން ކޮންމެވެސް ބަޔަކާ ގުޅިގެންނެވެ.

މި ޖެޓު މިހާރު ވަނީ އެމެރިކާގެ ފްލޮރިޑާއަށް ގެންގޮސްފަ އެވެ. އަދި މި ވިޔަފާރި ކުރި މީހުން ހޯދައި ޝަރީއަތް ހިންގާނެ ކަމަށްވެސް އެމެރިކާ ބުނެ އެވެ.