އެމެރިކާ

އެމެރިކާ އަކީ މިހާރު ބަޔަކު ބަލައިގަންނަ ގައުމެއް ނޫން: ޓްރަމްޕް

އެމެރިކާގައި ނޮވެމްބަރު 5، 2024، އަންގާރަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެކަމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގައި އޭނާ އާއި އޭނާގެ ޓީމް މިހާރު އުޅެނީ ވަރަށް މުރާލިކޮށެވެ.

ޓްރަމްޕް ޕޯޑިއަމްތަކަށް ވަޑައިގެން އެހާރާއި މިހާރުގެ ސަރުކާރަށާއި ވެރިނަށް ފާޑުވިދާޅުވެ އޭނާއަށް ވުރެ ރައީސް ކަމަށް ގާބިލު ބޭފުޅަކު ނެތް ކަމަށް އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ރައީސް ކަމުގައި އޭނާ ހުންނެވި ނަމަ އެވެނި ކަމެއް ނުހިނގީހެވެ. އަދި އެވެނި ކަމެއް ވީހެވެ. އަދި ވިދާޅުވަނީ އެމެރިކާ އަކީ މިހާރު ބަޔަކު އިހުތިރާމް ކުރާ ގައުމެއް ނޫން ކަމަށެވެ.

އެމެރިކާ އަކީ މުޅި ދުނިޔެ އިހުތިރާމް ކުރި ގައުމެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އޮތް ޝަރަފާއި ލަގަބު ގެއްލިފައި ވަނީ ވެރިކަން ކުރަން ތިބި ބަޔަކު ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން ކަމަށެވެ.

ގަވައިދާ ހިލާފަށް އެމެރިކާއަށް ހިޖުރަކުރާ މީހުންނަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ އެކަމުން ވެސް ދޭހަކޮށްދެނީ ސަރުކާރު ހިންގުމުގައި ހަރުދަނާ ސިޔާސަތެއް ގަވައިދެއް ނެތްކަން ކަމެވެ.

އެމެރިކާ އަކީ މީގެ ކުރިން އެމެރިކާގައި އުފައްދާ ހަކަތައިން ފުއްދޭ ގައުމެއްކަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ ސައޫދީ އަރަބިއްޔާ އާއި ރަޝިއާ އެކުލަވާލުމުން ވެސް އެމެރިކާ ޖަހާލައި އަރައިގެން ނުދެވޭވަރު ކުރެއްވި ކަމަށެވެ. އޭނާ އަދި ވިދާޅުވީ ވެނެޒުއެލާއިން ތެޔޮ އެތެކުރާ ހިސާބަށް ދިއުމުން ނިކަމެތިކަން އިހުސާސް ކުރެއްވޭ ކަމަށެވެ.