ލައިފްސްޓައިލް

ފިހާރަތަކަށް ދުވާނެ ކަމެއް ނެތް، ފަހިޕޭ އިން ފޯނަށް ލާރި އެޅޭނެ

Sep 18, 2017
2

އާންމުކޮށް ޕްރީޕެއިޑް ނަމްބަރުތައް ގެންގުޅޭ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. މުހިންމު ކޯލެއްގެ މެދުތެރެއިން އެންމެ މުހިންމު ވާހަކަޔާއި ހިސާބުން ފޯނުން ކްރެޑިޓް ހުސްވެ ފޯނު ކެނޑިދާނެ އެވެ. ދެފަޔަށް ބާރުލާފައި ގޭގެ ކަންމަތީ ހުންނަ ފިހާރައަށް ދާއިރު ދިމާވާނީ ނަމާދު ވަގުތަށް ފިހާރަ ބަންދުކޮށްފައި ހުރި ވަގުތާ އެވެ. ނޫނީ ރޭގަނޑު 10:00ގެ ފަހަށް ވުމުން ފިހާރަ ހުންނާނީ ބަންދުކޮށްފަ އެވެ. ރަށްރަށުގައި ބައެއް ފަހަރު "ރީލޯޑް" ނުވަތަ "ރާސްޓަސް" އެއްކޮށް ހުސްވެފައި ހުންނަ ދުވަސްވަރުވެސް އާދެ އެވެ.

ހާއްސަކޮށް ދަންވަރަށް ލޯބިވެރިންނަށް ގުޅައިގެން އުޅޭއިރުވެސް މި މައްސަލަ ދިމާވެ އެވެ. ދެން ގުޅަން ޖެހެނީ ކޮންމެވެސް ރައްޓެއްސަކަށެވެ. ކްރެޑިޓް "ޓްރާންސްފާ" އެއް ހޯދާށެވެ. އެންމެ އުނދަގޫވާ ކަމަކީ "ކޯލް މީ ބެކް" ޖަހައިގެން އެ ރަހުމަތްތެރިޔާ ގުޅާތޯ އިންތިޒާރުގައި ހުންނަން ޖެހުމެވެ. ހާސް ނުވާށެވެ! ފޯނަށް ލާރި އަޅަން ފިހާރައަށް ދުވަން ޖެހުނު ދުވަސް ފާއިތުވެ ހިނގައްޖެއެވެ. މިހާރު ކޮންމެ ތާކު ހުރެގެންވެސް ކޮންމެ ގަޑިއަކުވެސް ރީލޯޑް އަދި ރާސްޓަސް ކުރެވޭނެއެވެ. ހާސްވަނީ ކޮންކަމަކާ ހެއްޔެވެ؟ ފަތިހެއް، ދަންވަރެއް ނުވަތަ މެންދުރަކަސް މައްސަލައެއް ނެތެވެ. "ފަހިޕޭ" މެދުވެރިކޮށް ފޯނަށް ބެލެންސް އެޅުމަކީ ފެންތައްޓެއް ބޯލުންހާ ފަސޭހަކަމެކެވެ.

"ފަހިޕޭ"ގެ އެންޑްރޮއިޑް އެޕްލިކޭޝަން އަދި އައިއޯއެސް އެޕް މިހާރު ޕްލޭ ސްޓޯރުންނާއި އެޕްސްޓޯރުން ލިބެން ހުންނާނެ އެވެ. އެ އެޕް މެދުވެރިކޮށް ފޯނަށް ރީޗާޖް ކުރުމުގެ އިތުރުން، އިތުރު ޕޮއިންޓް ލިބޭ ސްކީމެއްވެސްވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން އެސްކީމުގައި ބައިވެރިވެގެން ކުރާ 50 ރުފިޔާއިން ފެށިގެން މަތީގެ ކޮންމެ ރީޗާޖަކަށް ލިބޭ ޕޮއިންޓްތައް ރިޑީމްކޮށްގެން ހިލޭ ބެލެންސް ހޯދުމުގެ ފުރުސަތުވެސް ފަހިޕޭއިން ވަނީ ފަހިކޮށްދީފައެވެ.

ފަހިޕޭ ހާއްސަވަނީ ރީލޯޑް އަދި ރާސްޓަސް އަށް އެކަންޏެއް ނޫނެވެ. އެ އެޕް މެދުވެރިކޮށް ޕެކޭޖް ރީޗާޖް، ބިލްޕޭ އަދި އެމްފައިސާ ކޭޝްއިންގެ ހިދުމަތް ލިބޭނެ އެވެ. ފަހިޕޭއިން ބުނީ ކުރިއަށް އޮތްތަނުގައި އިތުރު އެތައް ހިދުމަތްތައްވެސް ފަހިޕޭ މެދުވެރިކޮށް ކަސްޓަމަރުން ލިބޭނެގޮތް ހަމަޖެހިގެން ދާނެކަމަށެވެ.

އެންޑްރޮއިޑް: https://play.google.com/store/apps/details?id=mv.fahipay
އައިފޯން: https://itunes.apple.com/us/app/fahipay/id1273759375
ވެބްސައިޓް: https://fahipay.mv