ހަބަރު

މަޑޫގަލި ރިޒޯޓުގެ ކުއްޔާއި ޖޫރިމަނާއަށް 3 މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި

ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި ކުއްޔަށް ދީފައިވާ އއ. މަޑޫގަލީގެ ކުއްޔާއި، އެއާ ގުޅޭ ޖޫރިމަނާ ފައިސާ ދައްކަން އެ މަސައްކަތް ހަވާލުކޮށްފައިވާ ބްލޫ ލެގޫން އިންވެސްޓްމަންޓްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު ކުރި އެހުކުމްގައި ވަނީ މީރާއަށް 3.10 މިލިއަން ޑޮލަރު ތިން މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށެވެ. އެ ފައިސާ އަކީ 2015 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަރުން ފެށިގެން މި އަހަރުގެ ދެވަނަ ކުއާޓަރަށް ދައްކަން ޖެހޭ ކުއްޔަށްވާ އެއް މިލިއަން ޑޮލަރާއި 2014 ވަނަ އަހަރުގެ ފުރަތަމަ ކުއާާޓަރުން ފެށިގެން މި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 2.9 މިލިއަން ޑޮލަރެވެ.

އެ ފައިސާ ދައްކަން ބްލޫ އިންވެސްޓްމަންޓްގެ މައްޗަށް ހުކުމްކޮށްފައިވަނީ މަހުން މަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށެވެ. މަޑޫގަލީގައި ރިސޯޓު ތަރައްގީކުރަން ބްލޫ އިންވެސްޓްމަންޓާއި ހަވާލުކޮށްފައިވަނީ 11 އޭޕްރިލް 1995 ވަނަ އަހަރު އެވެ.