ހަބަރު

ނަދީމްގެ މަރުގެ މައްސަލައިގައި 4 މީހަކަށް ދައުވާކުރަން ފޮނުވައިިފި

މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގް ނިންމާ ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގެ ތަހުގީގް ނިންމާ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިއަދު ފޮނުވާފައިވާ ކަމަށެވެ.

ނަދީމްގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ގ. ޝާރާޒް، މުހައްމަދު މަފާޒު ހިމެނެ އެވެ. މަފާޒަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޮނިކޮމް އަމުރު ނެރުއްވާ ޓެގް އެޅުވި މީހެކެވެ. އަދި މޮނިކޮމް އަމުރާ ހިލާފުވެގެން ހޯމް މިނިސްޓަރަށް ލިބި ވަޑައިގަންނަވާ ބާރު ބޭނުން ކުރައްވާ އޭނާގެ ޝަރީއަތް ނިމެންދެން ޖަލަށްލާން އަމުރުމޮށް ޖަލަށް ބަދަލު ވެސް ކުރި މީހެކެވެ. އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާ އުފުލައި ޝަރީއަތް ވެސް ހިނގި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.