ހަބަރު

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޑރ. ފަޒީލް

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަަރަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު އައްޔަން ކުރައްވައިފި އެވެ.

ފަޒީލް ނަޖީބުއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

ޑރ. ފަޒީލް ވަނީ ޓްރޭޑް މިނިސްޓްރީގެ އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފަ އެވެ. އެގޮތުން، ބޭރުގެ ވިޔަފާރިވެރިންގެ ކަންކަން ބެލެހެއްޓެމާއި އެ މިނިސްޓްރީގެ އިންވެސްޓްމަންޓާއި އިންޓަނޭޝަނަލް ކޯޕަރޭޝަން ބައިގައި ވަރަށް ގިނަ ދުވަހު ފަޒީލް މަސައްކަތް ކުރައްވާފައިވެ އެވެ.