ގއ. ވިލިނގިލި

ގއ. ވިލިނގިލީ އިޚްލާސް މިސްކިތް ހުޅުއްވައިދެއްވައިފި

Sep 26, 2017

ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދުގެ ހިލޭ އެހީގެ ދަށުން، ގއ. ވިލިނގިލީގައި ބިނާ ކުރި "މަސްޖިދުލް އިހުލާސް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހުޅުއްވައިދެއްވައިފި އެވެ.

މަސްޖިދުލް އިޚްލާސް މިސްކިތަކީ، 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި ކުރި މަޣްރިބް ނަމާދުގައި ބައިވެރިވެވަޑައިގެންފަ އެވެ.