މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި ފިރިހެނަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީގައި އަންހެނަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި ކަމަށް ބުނާ މިމައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އަނިޔާވެފައިވަނީ 46 އަހަރުގެ އަންހެނަކަށެވެ.

އަނިޔާ ލިބުނު މީހާއަށް ގއ. ވިލިނގިލި ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.