މޯލްޑިވްސް ޕޮލިސް ސާވިސް

ފްލެޓް ލިބުނު ކަމަށް ބުނެ މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައިފި

ގއ. ވިލިނގިލި
0%
0%
0%

އެޗްޑީސީ އިން ދޫކުރާ ފްލެޓެއް މީހަކަށް ލިބިފައިވާ ކަމަށް ބުނެ އެ މީހާގެ އެކައުންޓުން އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ނަގާފައިވާ މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތް ހަދައިގެން ފައިސާތަކެއް އަތުލާފައިވާ މިމައްސަލަ އިއްޔެ ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް މަކަރާއި ހީލަތް ހަދައިގެން 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެކި މީހުންގެ އެކައުންޓްތަކުން ނަގާފަ އެވެ. އެހެންވެ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް ފުލުހުން ގެންދަނީ އަބަދާއަބަދު އިލްތިމާސްކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345