ރިޔާސީ އިންތިހާބު 2023

ހޯޑެއްދޫގެ އެމްޑިޕީ ހަރުގެއަށް ބަޔަކު ގެއްލުން ދީފި

ހޯޑެއްދޫގެ އެމްޑީޕީ ހަރުގެ -- ފޮޓޯ: އަރިޝް އަބްދުﷲ | ފޭސްބުކް
0%
0%
0%

ގދ. ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެއަށް ބަޔަކު ކަޅުޔެތޮ ޖަހައި ގެއްލުން ދީފި އެވެ.

މިކަންކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ހަރުގޭގައި ހުރި ގޮނޑިތަކާއި މޭޒުތަކާއި އެހެނިހެން ތަކެއްޗައްވެސް ކަޅުތެޔޮ އަޅާފައިވާ ތަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކުންވެސް ފެނެ އެވެ.

ހޯޑެއްދޫގެ އެމްޑީޕީ ހަރުގެ -- ފޮޓޯ: އަރިޝް އަބްދުﷲ | ފޭސްބުކް



ގދ. މަޑަވެލީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަނދަރު ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ތަނުގައިވެސް މިދިޔަ ހަފްތާގައި ވަނީ ރޯކޮށްލާފަ އެވެ. މިކަމާ ގުޅިގެން އެމަނިކުފާނު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވީ އެ ރަށުގެ ބަނދަރު ސަރަހައްދުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕޭންގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ރަށްތަކުގައި މުޒާހަރާކުރުން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345