މޯލްޑިވްސް ޕޮލިސް ސާވިސް

މެންބަރު ޝަރީފާއި ނިހާދަށް ހަމަލާދީފި

މެންބަރު ނިހާދު (ކ) އަދި އިބްރާހީމް ޝަރީފަށް ބަޔަކު ހަމަލާދީފައި ވަނިކޮށް ނަގާފައިވާ ފޮޓޯ (ވ)ގައި
0%
0%
0%

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލް ކުރާ އެމްޑީޕީގެ ދެ މެންބަރަކަށް ބަޔަކު ހަމަލާދީފި އެވެ.

ގުރޫޕަކުން ހަމަލާދީފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށެވެ.

ނިހާދަށް ހަމަލާދިނީ ފޭދޫ ސްކޫލު ކައިރިންނެވެ. ހަމަލާގެ ކުރިން ނިހާދާއި ކޮންމެވެސް ބަޔަކާ ދެމެދު ޒުވާބެއް ހިނގި ކަމަށް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ. އަދި ފޭދޫ ސިއްހީ މަރުކަޒުގައި ނިހާދަށް ފަރުވާ ދެމުންދާ ކަމަށްވެސް އެނގިފައިވެ އެވެ.

ޝަރީފަށް ހަމަލާދިނީ މާލޭގައި ހުންނަ މެންހަޓަން ހޮޓަލް ތެރެއިން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ޝަރީފް ވެސް ގެންދަނީ ފަރުވާ ހޯއްދަވަމުންނެވެ.

ފުލުހުންނަށް މި ދެ މައްސަލަ ވެސް ހުށަހަޅާފައިވާތީ ފުލުހުން ގެންދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345