އިބްރާހިމް ޝަރީފު

މަވޯޓާ ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ޝަރީފް (ކ)ގައި ހަމަލާދިން ދުވަހު ފުލުހެއްގެ ކައިރީގައި
0%
0%
100%

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)އަށް ހަމަލާދިނުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތުގައި މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެނގިފައިވެ އެވެ.

ގުރޫޕަކުން ޝަރީފަށް ހަމަލާދިނީ މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް މާލޭގައި ހުންނަ މެންހަޓަން ހޮޓަލް ތެރެއިން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މިހަމަލާއާއި ގުޅިގެން ޝަރީފްގެ މޫނުމަތިން ތަންކޮޅެއް ކަނޑައިގެން ގޮސް ލޮލަށް ގެއްލުންވެ ލޭއަރާފައިވެ އެވެ. އަދި އޭނާގެ ނޭފަތްވެސް ފަޅާލާފައިވާ ކަމަށްވެ އެވެ.

ޝަރީފަށް ހަމަލާދިން ދުވަހު އައްޑޫގައި ވަނީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށްވެސް ހަމަލާދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345